ވާނުވާ ބަންދުގެ މައްސަލަ: "ފަސް މިނިޓް ތާސްކުޅުމުގަ" ޔާމީން އިންނެވީކަމަށް ޝުޖާއު ރައްދު ދެއްވައިފި

އާއިޝަތު އަނާ ރަޝީދު
 
1 މަސް ކުރިން

މަޝްހޫރު "ވާނުވާ" ބަންދުގެ މައްސަލަ "ފަސް މިނިޓް" ގެ ތެރޭގައި ހައްލު ކުރެވޭނެ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވުމާ ގުޅިގެން، އެ ކަން ހައްލު ކުރެވޭނެ ގޮތެއް ނުހޯއްދަވައި އެ ވެރިކަމުގެ ފަސް އަހަރު ޔާމީން އިންނެވީ "ފަސް މިނިޓް ތާސްކުޅުމުގައި" ކަމަށް ވިދާޅުވެ، ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު ރައްދު ދެއްވައިފި އެވެ. ޝުޖާއު މި ރައްދު ދެއްވާފައިވަނީ، ވާނުވާ ބަންދުގެ މައްސަލަތައް އަނެއްކާ ވެސް ސަމާލުކަމަށް އައިސްފައިވާ ދަނޑިވަޅެއްގަ އެވެ. ޝަރީއަތް ނިމެންދެން ބަންދުކޮށް، އެތައް އަހަރެއް ވެފައިވާ މީހުންގެ މައްސަލަތައް އަލުން ފެންމަތިވީ ރައީސް ޑރ. މުހައްމަދު މުއިއްޒު މާފަންނުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި ޖަލްސާގަ އެވެ.

އެ ބައްދަލުވުމުގައި ވާހަކަ ދެއްކި މީހަކު ވަނީ، ޔާމީން ވިދާޅުވާ ގޮތަށް ވާނުވާ ބަންދުގެ މައްސަލަ ފަސް މިނިޓްގެ ތެރޭގައި ހައްލު ކުރުމަކީ އެއްވެސް ކަމެއް ނޫން ކަމަށް ބުނެފަ އެވެ. އެ މީހާ ބުނީ، ރައީސް މުއިއްޒު ހޯމް މިނިސްޓަރު އިހުސާނަށް އެންގެވުމުން ފުލުހުންނާއި ޕީޖީ އޮފީސް މެދުވެރިކޮށް އެ ކަން ހައްލުވާނެ ކަމަށެވެ. މި ވާހަކަތަކަށް ރައީސް މުއިއްޒު ވެސް ޖަވާބު ދެއްވާފައިވާއިރު، މެމްބަރު ޝުޖާއު ވަނީ ޔާމީން ހިމެނިވަޑައިގަންނަވާ ގޮތަށް އެންމެ ފަހުގެ ކުރީގެ ތިން ސަރުކާރަށް ވެސް ވަރުގަދަ ރައްދުތަކެއް ދެއްވާފަ އެވެ.

ޝުޖާއު ވިދާޅުވީ، "ފަސް މިނެޓުން މިކަން ހައްލު ކޮށްދެއްވަން ވިދާޅުވި ރައީސް ޔާމީން ގެ ވެރިކަމުގައި ކްރިމިނަލް ކޯޓްގެ ސީލިން ވެއްޓުނީ ފަނޑިޔާރުންގެ ބޮލަށެވެ". އަދި ޔާމީންގެ ވެރިކަމަށް އިޝާރާތް ކުރައްވައި ވިދާޅުވީ، "ފަސް މިނެޓް އިންނެވީ ތާސް ކުޅުމުގަ އެވެ. ކޯޓްތަކުގެ ފަނޑިޔާރުން ވިދާޅުުވަމުން ގެންދެވީ މަސައްކަތް ކުރާނެ ފަހި މާހައުލެއް ނެތި މިއީ ހައްލު ހޯއްދަވަން ދަތިފުޅު މައްސަލައެއް ކަމުގަ އެވެ،" މި ސަރުކާރު ހިންގާ ޕާޓީ ޕީއެންސީގެ އިސް މެމްބަރު ޝުޖާއު ވިދާޅުވި އެވެ. ޔާމީނާ ގުޅުވައިގެން ތާސްކުޅޭ ވާހަކަ ސިޔާސީ މީހުން ދައްކަނީ އެ މަނިކުފާނު ތާސްކުޅުއްވުމަށް ހާއްސަ ސަމާލުކަމެއް ދެއްވާތީ އެވެ.

ޝުޖާއު ވަނީ ވާނުވާ ބަންދު ތައާރަފުކޮށް، އެ ބަންދުގައި މީހުން ބައިތިއްބަން ފެށީ އެމްޑީޕީގެ ފުރަތަމަ ވެރިކަމުގައި އޭރުގެ ރައީސް މުހައްމަދު ނަޝީދު ކަމަށް ވެސް ވިދާޅުވެފަ އެވެ. އަދި "ފަސް މިނިޓުން މިކަން ހައްލު ކުރެވެން އޮތް ކަމަށް ވިދާޅުވާ ޕީއެންއެފްގެ ރައީސް، ރައީސް ޔާމީންގެ ވެރިކަމުގައި މިކަން ވީ އިތުރު،" ކަމަށް ވިދާޅުވިއެވެ. އޭނާ އިތުރަށް ވިދާޅުވީ، އޭގެ ފަހުން ވެރިކަން ކުރެއްވި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ވެސް ވާނުވާ ބަންދަށް ހައްލެއް ހޯދުމުގެ ވިސްނުން ނުގެންގުޅުއްވައި، މީހުން ހައްޔަރު ކުރަމުންދިޔަ ކަމަށެވެ.

ޝުޖާއު ވިދާޅުވާ ގޮތުގައި، ވާނުވާ ބަންދުގެ ހައްލަކީ ފުނިޖެހިފައިވާ މައްސަލަތައް އަވަހަށް ނިންމޭނެ އިންތިޒާމު ޝަރުއީ ދާއިރާ އަށް ފަހިކޮށްދިނުމެވެ. ނަމަވެސް، "ފަސް މިނިޓުން މިކަން ކުރެވޭނެ ކަމަށް ވިދާޅުވާ ރައީސް ޔާމިނަށާއި އެމްޑީޕީގެ ދެ ވެރިކަމުގެ ދެ ރައީސުންނަށް މިވަރު ވެސް ކޮށްނުލެވުން ނޫންތޯ އެވެ. މާތް ﷲގެ ހެޔޮރަހްމަތާ އެކު މިކަން ހެޔޮނިޔަތުގައި ހައްލު ކުރައްވާނީ ރައީސް ޑރ. މުއިއްޒު،" ޝުޖާއު ވިދާޅުވިއެވެ. ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގަތީ ވާނުވާ ބަންދުގެ މައްސަލަ ހައްލު ކޮށްދެއްވާނެ