މީގެ ކުރިން އަތުލައިގެންފައިވާ ޑްރަގްތަކެއް-----

ވައިގެ މަގުން ރާއްޖެއަށް އެތެރެކުރަން އުޅުނު 2.5 މިލިއަން ރުފިޔާގެ ޑްރަގް އަތުލައިގެންފި

މޫސާ ޢަލީ
 
18 ގަޑިއިރު ކުރިން

ވައިގެ މަގުން ރާއްޖެއަށް އެތެރެކުރަން އުޅުނު އެއް ކިލޯގެ ކޮކެއިން، މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން އަތުލައިގަނެފިއެވެ.

ކަސްޓަމްސް އިން ބުނީ ވައިގެ މަގުން ރާއްޖެއަށް އެތެރެކުރަން އުޅުނު އެއް ކިލޯގެ މަސްތުވާތަކެތި އަތުލައިގަނެފައިވާ ކަމަށެވެ. 

އެގޮތުން އެތަކެތި އަތުލައިގަނެފައި ވަނީ އޭޕްރީލް 27، 2025 ވަނަ ދުވަހު ކުރިއާ މެދުވެރިކޮށް ރާއްޖެ ގެނެސްފައިވާ ޕެކޭޖެއްގައި މަސްތުވާތަކެތި ހުރިކަމަށް ޝައްކުކުރެވިގެން އިތުރަށް ބަލައި ފާސްކުރުމުގެ ތެރޭގައި ކަމަށް ކަސްޓަމްސްއިން ބުންޏެވެ.

އަތުލައިގަތް މަސްތުވާތަކެތި ފުރަތަމަ މަރުހަލާގެ ތަހުލީލުތަކުން 'ކޮކެއިން' އަށް ޕޮޒިޓިވްވެފައިވާ ކަމަށް ކަސްޓަމްސްއިން ބުންޏެވެ.

ކަސްޓަމްސްއިން ބުނީ އެ ތަކެތީގެ ބަރުދަނުގައި ފެކިންއާއެކު ޖުމްލަ، 1،020 ގްރާމް ހުރި ކަމަށެވެ. އަދި އެ ތަކެތީގެ މަގުމަތީ އަގަކީ ގާތްގަނޑަކަށް 2.5 މިލިއަން ދިވެހި ރުފިޔާކަމަށް ކަސްޓަމްސްއިން ބުންޏެވެ.

މައްސަލަ އިތުރަށް ތަހުގީގުކުރުމަށްޓަކައި އަތުލައިގަތް މަސްތުވާތަކެތި މިހާރު ވަނީ ފުލުހުންނާ ހަވާލުކޮށްފައެވެ.