ލޯއަކަށް ވުރެ ގިނަ މަސްތުވާތަކެއްޗާ އެކު މާލެ ސަރަހައްދުން ދެ މީހުން ހައްޔަރުކޮށްފައިވާ ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ އިއްތޔެ ހިންގި މި އޮޕަރޭޝަނުގައި ހައްޔަރުކުރީ މއ. ދަގަނޑުކެޑިގެ، ހަސަން ނިމާލު އާއި ހ. ރީފްވިޔު ހުޅަނގުބައި، ޝިފާނާ އަބްދުއްސައްތާރު ކަމަށެވެ.
މި ދެ މީހުން ހައްޔަރުކުރީ މައްޗަންގޮޅި ގެއަކާއި ހުޅުމާލޭގެ އެޕާޓްމަންޓެއް ބަލައި ފާސްކޮށް ފައިސާ އާއި މަސްތުވާތަކެތި ފެނުމުންނެވެ. އެ މީހުންގެ އަތުން ފެނުނު މަސްތުވާތަކެތީގެ ވަގުތީ ބަރުދަނުގައި 1058.55 ގްރާމު ހުރި ކަމަށް ފުލުހުން ބުންޞެވެ.
މަސްތުވާތަކެތި ވިއްކައި ވިޔަފާރިކޮށްގެން ހޯދާފައިވާ ކަމަށް ތުހުމަތުކުރެވޭ 7000ރ. އެ މީހުންގެ އަތުން ފެނިފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.
ފުލުހުން އަންނަނީ މި މައްސަލަ އިތުރަށް ތަހުގީގުކުރަމުންނެވެ.