އިމިގްރޭޝަން އޮފިސަރުންތަކެއް. / ފޮޓޯ: އިމިގްރޭޝަން

އިމިގްރޭޝަން އޮފިސަރުން ނަގާ ވޯކް-އިން އިންޓަވިއު ހޮނިހިރު ދުވަހު ބާއްވަނީ

މަރިޔަމް ސަމްހާ
 
1 ދުވަސް ކުރިން

މޯލްޑިވްސް އިމިގްރޭޝަންގެ ވަޒީފާއަށް އޮފިސަރުން ހޯދަން ބާއްވާ ވޯކް-އިން އިންޓަވިއު އަންނަ ހޮނިހިރު ދުވަހު ބާއްވަން ނިންމައިފިއެވެ.

އިމިގްރޭޝަނުން ބުނީ އެ އިދާރާގެ އޮފިސަރުންގެ ވަޒީފާއަށް 50 މީހުން ނެގުމަށް ނިންމާފައިވާ ކަމަށާއި، އިންޓަވިއު ކުރިއަށްދާނީ އަންނަ ހޮނިހިރު ދުވަހުގެ ހެނދުނު 9 އިން 5 އަށް ކަމަށެވެ.

އިންޓަވިއު ކުރިއަށްދާނީ ގަލޮޅު މަދަރުސާގައި ކަމަށް އިމިގްރޭޝަނުން ބުންޏެވެ.

ވަޒީފާއަށް ނެގުމުގައި ބަލާނެ ޝަރުތުތަކަކީ:

  • ސާނަވީ ނުވަތަ ސެކަންޑަރީއާ އެއްވަރުގެ އިމްތިހާނުން ދެ މާއްދާއިން މަދުވެގެން "ޑީ" ގްރޭޑެއް ހާސިލްކޮށްފައިވުމާއެކު ސެކަންޑަރީ ނުވަތަ ހަޔާ ސެކަންޑަރީ ސްކޫލް ސެޓްފިކެޓްގައި މަދުވެގެން ދިވެހި ބަހުން "ސީ" ގްރޭޑެއް ހާސިލްކޮށްފައިވުން؛ ނުވަތަ އެމްއެންކިއުއެފް ލެވެލް 3 ސެޓްފިކެޓް ފުރިހަމަކޮށްފައިވުން.
  • އިޢުލާނުކުރާ މުއްދަތު ހަމަވުމުގެ ކުރިން އުމުރުން 40 އަހަރުން ދަށުގެ މީހަކަށްވުން.

އިންޓަވިއުއަށް ގެންދަން ޖެހޭ ލިޔެކިޔުންތަކަކީ:

  • ޖޮބް އެޕްލިކޭޝަން ފޯމް
  • ތައުލީމީ ސެޓްފިކެޓްތަކުގެ އޮރިޖިނަލް އާއި ކޮޕީ
  • ސީވީ
  • އައިޑީ ކާޑުގެ ކޮޕީ

މިއީ އިމިގްރޭޝަނުން ބާއްވާ ފުރަތަމަ ވޯކް-އިން އިންޓަވިއުއެވެ. މީގެ ކުރިން އޮފިސަރުން ނަގަމުން އައީ އެޕްލިކޭޝަން ހުށަހެޅުމުން، އެ ރިވިއުކޮށް އިންޓަވިއުތައް ކުރަމުންނެވެ.