އައްޑޫ ސިޓީ، ފުވައްމުލައް ސިޓީ އަދި ތިނަދޫ ސިޓީގައި ހުންނަނީ ޑިޓޮކްސް ފެސިލިޓީގައި އެ ޚިދުމަތްތައް ޤާއިމްކޮށް ހުޅުވާފައިވަނީ މިދިޔަ ހޮނިހިރު ދުވަހުއެވެ.
ފުވައްމުލައް އަދި ތިނަދޫގައި ދެމުން އަންނަނީ ޑްރަގް ޑިޓޮކްސިފިކޭޝަން އަދި ރިހެބިލިޓޭޝަންގެ މަސައްކަތެވެ. އަދި ހިތަދޫގައި ޤާއިމްކޮށްފައިވަނީ ވިލުނު ސެންޓަރެވެ.
ނޭޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) އިން ބުނީ އެތަންތަނުގައި މީގެ ކުރިން ދެމުން އައި ހަމައެކަނި ޑިޓޮކްސް އަދި ކޮމިއުނިޓީ ފަރުވާ ނަމަވެސް އެ ތަންނަނުން މިހާރު ރިމާންޑް ޚިދުމަތްވެސް ލިބޭނެ ކަމަށެވެ.
އެންޑީއޭއިން ދެމުން އަންނަނީ ރެސިޑެންޝަލް އާއި ނޮން-ރެސިޑެންޝަލް ފަރުވާއެވެ. އޭގެ ތެރެއިން ރެސިޑެންޝަލް ފަރުވާގެ ތެރޭގައި ހިމެނެނީ ކ. ހިންމަފުށީގައި ހުންނަ ތެރަޕިއުޓިކް ކޮމިއުނިޓީ ރިހެބިލިޓޭޝަން ސެންޓަރާއި ރެސިޑެންޝަލް ޑިޓޮކްސް އާއި ސެމީ ރެސިޑެންޝަލް ފެސިލިޓީ އާއި ރިމާންޑް ސެންޓަރެވެ.
މަސްތުވާތަކެތީގެ މައްސަލައަކީ މުޅި ރާއްޖޭގައި ވެސް ވަރަށް ބޮޑުވެފައިވާ މައްސަލައެކެވެ. މި މައްސަލަ ޙައްލު ކުރުމަށް ސަރުކާރުތަކުން އެދެވޭ މަސައްކަތެއް ކުރެވިފައި ނުވާއިރު. މި ވަބާގެ ތެރެއަށް ޒުވާނުންގެ އިތުރުން ކުޑަކުދިންވެސް އަންނަނީ ވަންނަމުންނެވެ.