ޢިމާރާތުގެ ޙާލަތު ހުރިގޮތުން އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުގެ މަސައްކަތްތައް އޮންލައިންކޮށްފި

މަރިޔަމް ސަމްހާ
 
2 ދުވަސް ކުރިން

އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުގެ މަސައްކަތްތައް އޮންލައިންކޮށް ކުރާގޮތަށް ބަދަލުކޮށްފިއެވެ.

އެ އޮފީހުން މިއަދު ނެރުނު ދެންނެވުމެއްގައި ބުނެފައިވަނީ މިފަދައިން ނިންމާފައިވަނީ އެ އޮފީސް ހިންގަމުންދާ ޢިމާރާތުގެ ޙާލަތު ހުރިގޮތުން އޮފީހުގައި މަސައްކަތް ކުރެވޭ ފަދަ މާޙައުލެއް މިވަގުތު ނެތުމުން ކަމަށެވެ. 

އެގޮތުން 20 މެއި 2025 ވާ އަންގާރަ ދުވަހުން ފެށިގެން އެ އޮފީހުގެ މަސައްކަތްތައް ހިނގަމުންދާނީ އޮންލައިންކޮށް ކަމަށް ބުންޏެވެ. ނަމަވެސް މިހެން މަސައްކަތްތައް ކުރަމުންދާނީ ކިހާ ދުވަހަކަށް ކަމެއް ބުނެފައެއް ނުވެއެވެ.

އެ އޮފީހުގެ އެއްވެސް ކަމަކާ ގުޅޭގޮތުން މަޢުލޫމާތެއް ސާފުކުރަން ބޭނުން ނަމަ 3010990 އަށް ގުޅުމަށް ވަނީ ބުނެފައެވެ.

އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީސް ހިންގަމުން އައީ ކުރީގެ ނެޝަނަލް ލައިބްރަރީ ހިންގަމުން އައި ބިއްލޫރިޖެހިގޭގެ ޢިމާރާތުގައެވެ. އެ ޢިމާރާތުގައި އިތުރު އޮފީސްތައްވެސް ހިންގައެވެ.