ފެނަކައިގެ ނަން ބޯޑު.

ސޮނީ ހާޑްވެއާއަށް 2.5 މިލިއަން ދައްކަން ފެނަކައިގެ މައްޗަށް ހުކުމްކޮށްފި

މަރިޔަމް ސަމްހާ
 
1 ދުވަސް ކުރިން

ސޮނީ ހާޑްވެއާއަށް 2.5 މިލިއަން ދައްކަން ފެނަކައިގެ މައްޗަށް ސިވިލް ކޯޓުން ހުކުމްކޮށްފިއެވެ.

ސިވިލް ކޯޓުން އިއްޔެ ކުރި މި ހުކުމަކީ ފެނަކައިން އެކި ފަހަރު މަތިން ސޮނީ ހާޑްވެއާއިން ނަގާފައިވާ މުދަލުގެ އަގަށްވާ ފައިސާއެވެ. 

އެ ދައުވާއަކީ 2023 ވަނަ އަހަރުގެ ތެރޭގައި ސޮނީ ހާޑްވެއާއިން ސިވިލް ކޯޓުގައި އުފުލާފައިވާ ދައުވާއެކެވެ.

މި މައްސަލައިގެ ހުކުމް ކުރައްވާފައިވަނީ ގާޒީ އަހުމަދު އަދްބުލްމަތީން އެވެ.

ހުކުމުގައި ވަނީ އަންނަ މަހުގެ 18 ވަނަ ދުވަހުގެ ކުރިން 2,523,106.199 ރުފިޔާ ސޮނީ ހާޑްވެއާއަށް ދެއްކުމަށެވެ.