މި ސަރުކާރުގެ ފުރަތަމަ ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވަޒީރުކަން ކުރެއްވި ޑރ. އާއިޝަތު ރަމީލާ، ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) ގެ މެންބަރުކަމަށް އައްޔަންކުރުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ވަނީ ރުހުން ދީފައެވެ.
ރައީސް ޑރ. މުޙައްމަދު މުޢިއްޒު މި މަހުގެ 2 ވަނަ ދުވަހު މަޖިލީހަށް ފޮނުއްވި ޑރ. ރަމީލާގެ ނަން، މިއަދު ބޭއްވި ޖަލްސާގައި ފާސްކުރެވިފައިވަނީ އެ އައްޔަނަށް ރުހުން ދިނުމުގެ ގޮތުންނެވެ.
މި މަގާމު ހުޅުވާލެވުނީ އެޗްއާރުސީއެމްގެ ރައީސްކަން ކުރެއްވި މަރިޔަމް މުނާގެ މަގާމުގެ މުއްދަތު ހަމަވުމާ ގުޅިގެންނެވެ. ޑރ. ރަމީލާ އަކީ، ޞިއްޙީ ހާލަތު ހުރިގޮތުން މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ވަޒީރުކަމުން އިސްތިއުފާ ދެއްވި ބޭފުޅެކެވެ. މިވަގުތު އެޗްއާރުސީއެމްގައި ނައިބު ރައީސް މުޙައްމަދު ޝަފީޤް މަޙްމޫދުގެ އިތުރުން، މެންބަރުން ކަމަށްވާ ސަމާއު އަހުމަދު ނަޖީބް، އިސްމާއިލް ހަބީބް އަދި އަޙްމަދު މަޤުސޫމް ހިމެނިވަޑައިގަންނަވައެވެ.