ވިސާ ޕްލެޓިނިއަމް ކާޑު -- ފޮޓޯ: ބީއެމްއެލް

ދުވާލަކަށް 3،000 ޑޮލަރު ނެގޭނެ ވިސާ ޕްލެޓިނިއަމް ކާޑު ތައާރަފްކޮށްފި

މުހައްމަދު ހަމީޒް
 
13 ދުވަސް ކުރިން

ބޭންކް އޮފް މޯލްޑިވްސް އިން މިއަދު ވިސާ ޕްލެޓިނަމް ކާޑުން ތައާރަފްކޮށް ރާއްޖޭގައި ދުވާލަކު 3000 ޑޮލަރު އަދި ރާއްޖެއިން ބޭރުގައި 5000 ޑޮލަރު ނެގޭ ގޮތަށް ހަމަޖައްސައިފިއެވެ.

ބީއެމްއެލްއިން ބުނީ އެ ކާޑަށް މިހާރު ވެސް އިންޓަނެޓް ބޭންކިން މެދުވެރިކޮށް ނުވަތަ ބީއެމްއެލްގެ މޯބައިލް އެޕް މެދުވެރިކޮށް އެޕްލައިކުރެވޭނެ ކަމަށެވެ.

އަދި އެ ކާޑުން ބީއެމްއެލްގެ އޭޓީއެމްތަކުން މިހާރު ނެގޭވަރަށްވުރެ ދެ ގުނަ ބޮޑުކޮށް ނެގޭނެ ކަމަށް އެ ބޭންކުން ވިދާޅުވިއެވެ. ރާއްޖެއިން 3200 ޑޮލަރު ދުވާލަކު ނެގޭނެ ކަމަށާއި އަދި ރާއްޖެއިން ބޭރުގައި ޑޮލަރު އެކައުންޓުން ދުވާލަކު 5000 ޑޮލަރު ނެގޭނެ ކަމަށް ބީއެމްއެލްއިން ވިދާޅުވިއެވެ.

މިކާޑު އިފްތިތާހުކުރަން ބޭއްވި ހަފްލާގައި ވިސާ ޕްލެޓިނަމް ކާޑް އިފްތިތާހްކޮށްދެއްވާފައިވަނީ އިގްތިސޯދާއި ބެހޭ ވަޒީރު މުހައްމަދު ސައީދެވެ.