ރައީސުލް ޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިޒު ޅ އަތޮޅަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން

ރައީސް ޅ. އަދި ކ. އަތޮޅުގެ ބައެއް ރަށްރަށަށް

މުހައްމަދު ހަމީޒް
 
1 މަސް ކުރިން

ރައީސް ޑރ. މުހައްމަދު މުއިއްޒު ކ. އަދި ޅ. އަތޮޅުގެ ރަށްރަށަށް ކުރައްވާ ދަތުރުފުޅެއް މިއަދު ފައްޓަވައިފި އެވެ.

ރައީސް އޮފީހުން ބުނީ، ތިން ދުވަހުގެ އެ ދަތުރުފުޅުގައި ޅ. އަތޮޅު މީހުން ދިރިއުޅޭ ހަތަރު ރަށަށާއި ކ. އަތޮޅުގެ ތިން ރަށަކަށް ރައީސް ވަޑައިގަންނަވާނެ ކަމަށެވެ.

ރައީސް މިއަދު ފުރަތަމަ ވަޑައިގަތީ ޅ. އޮޅުވެލިފުއްޓަށެވެ. އެ އަށް ފަހު ކުރެންދޫގެ އިތުރުން ހިންނަވަރަށް ވެސް ވަޑައިގަންނަވާނެ އެވެ. މިރޭގެ ޖަލްސާ އޮންނާނީ ނައިފަރުގަ އެވެ.

ކުރިއަށް އޮތް ދުވަސްތަކުގައި ރައީސް މުއިއްޒު ކ. އަތޮޅުން ކާށިދޫ، ދިއްފުށި އަދި ތުލުސްދު އަށް ވަޑައިގަންނަވާނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ރައީސް އޮފީހުން ބުނިގޮތުގައި، މިއީ، ރައީސް މުއިއްޒުގެ ވައުދާ އެއްގޮތަށް ރައްޔިތުންގެ ގާތަށް ވަޑައިގެން ރައްޔިތުންގެ ހާލަތު ބެއްލެވުމަށާއި މި ރިޔާސީ ދައުރުގެ ތެރޭގައި ދެ ފަހަރު މީހުން ދިރިއުޅޭ ކޮންމެ ރަށަކަށް ޒިޔާރަތް ކުރެއްވުމަށް ވެވަޑައިގެންފައިވާ ވައުދާ އެއްގޮތަށް ސިލްސިލާކޮށް ކުރިއަށް ގެންދަވާ ދަތުރުފުޅެއް ކަމަށެވެ.

މި ދަތުރުފުޅުގައި ރައީސްގެ އަރިހުގައި ބައެއް މިނިސްޓަރުންނާއި ސަރުކާރުގެ ބައެއް ކުންފުނިތަކުގެ ވެރިން ބައިވެރިވެވަޑައިގަންނަވަ އެވެ.