މާސްކް އެޅި ބަޔަކު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ވަދެ, ބީއެމްއެލްގެ މުވައްޒަފުން އަތުން ގިނަ އަދަދެއްގެ ފައިސާތަކެއް ފޭރިގަތުމަށް ފަހު، ލޯންޗެއްގައި ފިލައިފި އެވެ.
ފުލުހުން ބުނީ އެ މީހުން ފޭރިގަތީ ވީއައިއޭގެ ކުރީގެ ޓާމިނަލުން އައު ޓާމިނަލް އަށް ވަންނަން ދިޔަ ބީއެމްއެލްގެ ދެ ސްޓާފުން އަތުން ކަމަށެވެ. އަދި ފޭރިގެންފައިވަނީ ކިހާ އަދަދެއްގެ ފައިސާއެއްކަމަށް ސާފެއްނުވެއެވެ.
ފުލުހުން ބުނީ ފައިސާ ހުރީ އެ މީހުން އަތުގައި ހުރި ބްރީފްކޭސް އެއްގައި ކަމަށެވެ.
މީގެ އިތުރުން ފުލުހުން ބުނެފައިވަނީ އެ އިދާރާއަށް މި މައްސަލަ ރިޕޯޓު ކޮށްފައިވަނީ ރޭ ފަތިހު 4:45 ހާއިރުކަމަށެވެ. އަދި މި މައްސަލަ ފުލުހުން ތަހުގީގުކުރަމުން އަންނަ ކަމަށްވެސް ފުލުހުންގެ ބުނެފައިވެއެވެ.