މިނިސްޓަރު އަބްދުﷲ މުއްތޮލިބާއި ޗައިނާ ސަފީރު ކޮން ޝިއަންވާ ސޮއިކުރުން - ފޮޓޯ: ހައުސިން މިނިސްޓްރ

މާލެއާއި ވިލިމާލޭގެ މަގުތަކުގެ ފެންވަރު ރަނގަޅުކުރުމަށް ޑިޒައިންކުރުމުގެ މަރުހަލާ ފެށުމަށް ސޮއިކޮށްފ

އާއިޝަތު އަނާ ރަޝީދު
 
19 ދުވަސް ކުރިން

ޗައިނާގެ އެހީތެރިކަމާއެކު މާލެއާއި ވިލިމާލޭގެ މަގުތަކުގެ ފެންވަރު ރަނގަޅުކުރުމަށް ހިންގާ މަޝްރޫޢުގެ ޑިޒައިނިންގ މަރުޙަލާ ފެށުމަށް ޓަކައި، ދެ ޤައުމުން ވަނީ "ލެޓާ އޮފް އެކްސްޗޭންޖް" (އެލްއޯއީ) ގައި ސޮއިކޮށްފައެވެ.

މި އެލްއޯއީގައި ދިވެހިރާއްޖޭގެ ފަރާތުން ސޮއި ކުރެއްވީ ހައުސިންގ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބެވެ. އަދި ޗައިނާގެ ފަރާތުން ސޮއި ކުރެއްވީ ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ އެ ޤައުމުގެ ސަފީރު ކޮން ޝިއަންވާ އެވެ.

މާލެއާއި ވިލިމާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް ނިންމާފައި މިވަނީ، ރައީސް ޑރ. މުޙައްމަދު މުއިއްޒު ޗައިނާއަށް ކުރެއްވި ދަތުރުފުޅުގައި އެ ޤައުމާއެކު ސޮއިކުރެއްވި އެއްބަސްވުންތަކުގެ ދަށުން ދިނުމަށް ހަމަޖެހިފައިވާ 130 މިލިއަން ޑޮލަރުގެ ހިލޭ އެހީގެ ބަޖެޓުގެ ތެރެއިންނެވެ.


މާލެއާއި ވިލިމާލޭގެ މަގުތައް ހެދުމަށް ޗައިނާ ސަރުކާރުން ދިން ހިލޭ އެހީގެ ބޮޑު ބައެއް ޚަރަދުކުރާނެކަން، ދެ ޤައުމުގެ ސަރުކާރުން ވެސް ވަނީ މީގެ ކުރިން ބަޔާންކޮށްފައެވެ.

މި މަޝްރޫޢުގެ ފީޒިބިލިޓީ ދިރާސާ ކުރުމަށްޓަކައި މިދިޔަ އަހަރުގެ ޖުލައި މަހު ވެސް ޗައިނާއާއެކު އެލްއޯއީއެއްގައި ސޮއިކޮށްފައިވެއެވެ؛ މިހާރު ސޮއިކުރެވުނު އެލްއޯއީއަކީ ޑިޒައިން މަސައްކަތް ފެށުމުގެ ރަސްމީ ކަމެކެވެ.