ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ލ. ހިތަދޫ، ކުނަހަންދޫ އަދި މެންދޫ ގުޅުވާލުމަށް އަޅާ ކޯޒްވޭގެ މަސައްކަތް ރަސްމީކޮށް ފައްޓަވައިދެއްވައިފި އެވެ.
މި މަޝްރޫޢަކީ 2019 ވަނަ އަހަރު ކުރީގެ ސަރުކާރުން ފެށުމަށް މަސައްކަތް ކުރި ނަމަވެސް، 2023 އާ ހަމައަށް ވެސް އަމަލީ މަސައްކަތް ނުފެށި އޮތް މަޝްރޫޢެކެވެ.
އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢުގެ ދަށުން ކުނަހަންދޫ އާއި މެންދޫއާ ދެމެދު 210 މީޓަރުގެ ކޯޒްވޭއަކާއި، މެންދޫ އާއި ހިތަދޫއާ ދެމެދު 75 މީޓަރުގެ ކޯޒްވޭއެއް އެޅުމަށް ވަނީ ހަމަޖެހިފައެވެ. މި މަޝްރޫޢުގެ އަގަކީ 81.2 މިލިއަން ރުފިޔާ ކަމަށްވާއިރު، 500 ދުވަހުގެ ތެރޭގައި ނިންމުމަށް ވަނީ ރޭވިފައެވެ.
ހިތަދޫގައި ބޭއްވި ޖަލްސާގައި ރައީސް މުއިއްޒު ވަނީ އެރަށުގެ ތަރައްޤީގެ އެހެން މަޝްރޫޢުތަކުގެ މައުލޫމާތު ވެސް ހިއްސާކުރައްވާފައެވެ. މީގެ ތެރޭގައި ސިއްހީ މަރުކަޒު ހޮސްޕިޓަލަކަށް ބަދަލުކުރުމާއި، ސްކޫލް އިމާރާތުގެ މަސައްކަތާއި، އައިސްޕްލާންޓް ގާއިމުކުރުން ހިމެނެއެވެ. އަދި އެ ސަރަހައްދުގައި އެއަރޕޯޓެއް އެޅުމުގެ މަޝްރޫޢު ދެކޮޅުޖެހޭ ގޮތަކަށް ކުރިއަށް ގެންދާނެ ކަމަށް ވެސް ވަނީ ވިދާޅުވެފައެވެ.