ރައީސުލް ޖުމްހޫރިއްޔާގެ އޮފީސް -- ފޮޓޯ: ރައީސް އޮފީސް

ނޮވެމްބަރު 2 ބަންދު، ނަސްރުގެ ދުވަހާ އެކު ހަތަރު ދުވަސް ބަންދު

މުހައްމަދު ހަމީޒް
 
3 މަސް ކުރިން

ނޮވެމްބަރު 3 އާ ގުޅުވައި، އެ މަހުގެ ދެ ވަނަ ދުވަސް ވެސް ބަންދުކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ނިންމަވައިފި އެވެ.

ރައީސް އޮފީހުން ބުނީ މިގޮތަށް ބަންދުކުރަން ރައީސް ނިންމެވީ ބަންދު ދުވަސްތަކަށް މެދުކެނޑުމެއް ނައިސް ޗުއްޓީ ލިބޭނެ ގޮތަށް ހަމަޖެއްސުމަށް ކަމަށެވެ.

ނަސްރުގެ ދުވަހަކީ ދިވެހިންގެ ބަޔަކު ބައިވެރިވެގެން ނޮވެމްބަރު 3، 1988 ވަނަ ދުވަހު ރާއްޖެ އަށް ދިން އުދުވާނީ ހަމަލާގައި ރާއްޖެއަށް ލިބުނު ނަސްރު ފާހަގަކުރާ ދުވަހެވެ.