މަސްވެރިންގެ ދުވަހުގެ ރަސްމީ ޖަލްސާގައި ބައިވެރިވެވަޑައިގަތުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދެކަނަބަލުން ރ. ދުވާފަރަށް މިއަދު ފުރާވަޑައިގެންފި އެވެ.
ރައީސް އޮފީހުން ބުނީ ސަރުކާރުން ދުވާފަރުގައި ހިންގާ ބައެއް މަޝްރޫއުތަކުގެ އަމަލީ މަސައްކަތް ރައީސްގެ ދަތުުރުފުޅުގައި މިއަދު ފަށްޓަވައި ދެއްވާނެ ކަމަށެވެ. އޭގެ އިތުރުން ބައެއް މަޝްރޫއުތަކުގެ އެއްބަސްވުންތަކުގައި ސޮއިކުރުން ވެސް މިއަދު ކުރިއަށް ގެންދާނެ އެވެ.
އޭގެ ތެރޭގައި ދުވާފަރުގެ ބިންހިންކުމުގެ ދެވަނަ ފިޔަވަހީގެ އަމަލީ މަސައްކަތް ފެށުމާއި އަދި މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ދުވާފަރުގައި ގާއިމްކޮށްފައިވާ އޭޓީއެމާއި އެސްޓީއޯ އިން ދުވާފަރުގައި ގާއިމްކުރި ޕެޓްރޯލްޝެޑް ހުޅުވުން އޮންނާނެ އެވެ. ދުވާފަރުގައި އާރްޓީލް ބަހުގެ ހިދުމަތް ވެސް މިއަދު ފަށަން ވަނީ ތާވަލްކޮށްފަ އެވެ.
މަސްވެރިންގެ ދުވަސް ފާހަގަކުރަން ދުވާފަރުގައި ކުރިއަށް ގެންދާ ބައެއް ހަރަކާތްތައް ރައީސްގެ ދެ ކަނބަލުން މިއަދު ބައްލަވައިލައްވާނެ އެވެ.