މަސްވެރިންތަކެއް --

ރ. އަތޮޅު ރައްޔިތުންނަށް ހާއްސަ މަސްވެރިކަމުގެ އެވޯޑަށް ކުރިމަތިލުމަށް ހުޅުވާލައިފި

އާއިޝަތު އަނާ ރަޝީދު
 
5 ދުވަސް ކުރިން

މިއަދު ފިޝަރީޒް މިނިސްޓްރީން ވަނީ މާޅޮސްމަޑުލު އުތުރުބުރީގެ (ރ. އަތޮޅު) ރައްޔިތުންނަށް ޚާއްސަކޮށްގެން މަސްވެރިންގެ އެވޯޑުތަކަށް ކުރިމަތިލުމަށް ހުޅުވާލައިފައެވެ. 

މީގެ ތެރޭގައި ހިމެނެނީ ކެޔޮޅުންގެ އެވޯޑުތަކާއި ފަރުމަސްވެރިޔާގެ އެވޯޑެވެ.

މި އެވޯޑުތަކަށް ކުރިމަތިލެވޭނީ މިވަގުތު ވެސް މަސްވެރިކަމުގައި ހަރަކާތްތެރިވާ ފަރާތްތަކަށެވެ. އެވޯޑުތަކުގެ ތެރޭގައި ހިމެނެނީ 35 އަހަރުން ދަށުގެ އެންމެ ޒުވާން ކެޔޮޅު، 35 އަހަރުން މަތީގެ އެންމެ ތަޖުރިބާކާރު ކެޔޮޅު، އަދި މައިގަނޑު މަސައްކަތެއްގެ ގޮތުގައި ފަރުމަސްވެރިކަން ކުރާ ފަރާތްތަކަށް ދެވޭ ފަރުމަސްވެރިޔާގެ އެވޯޑެވެ. މި އެވޯޑުތަކަށް ކުރިމަތިލެވޭނީ އާމްދަނީ ހޯދުމަށް މަސްވެރިކަން ފިޔަވައި އެހެން މަސައްކަތެއް ނުކުރާ ފަރާތްތަކަށެވެ.

ޝަރުތު ހަމަވާ ފަރާތްތަކަށް މި މަހުގެ 23 ވަނަ ދުވަހުގެ މެންދުރުފަހު 2:00 ގެ ކުރިން އީމެއިލް މެދުވެރިކޮށް ފޯމު ހުށަހެޅިދާނެއެވެ. ފޯމުތައް ލިބެން ހުންނާނީ ފިޝަރީޒް މިނިސްޓްރީގެ ވެބްސައިޓުންނެވެ. މިއަހަރުގެ މަސްވެރިންގެ ދުވަހުގެ މުނާސަބަތު ފާހަގަކުރެވޭނީ ރ. ދުވާފަރުގައެވެ. ޑިސެމްބަރު 10 ވަނަ ދުވަހަކީ ރާއްޖޭގައި މަސްވެރިންގެ ދުވަސް ކަމުގައި ފާހަގަކުރާތާ މިއަހަރާއެކު 45 އަހަރު ފުރޭނެއެވެ.