ޓްރަމްޕުގެ މޮޓޯކޭޑާހެދި އާންމު މީހެއްހެން މެކްރޮން މަޑުކުރަންޖެހި، ހިނގާފައި ދާންޖެހިއްޖެ

ނާއިފް ހަލީމް
 
2 މަސް ކުރިން

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ މޮޓޯކޭޑަށް ފުލުހުން މަގުތައް ބަންދުކުރުމުން ފްރާންސްގެ ރައީސް އިމަނުއެލް މެކްރޮން ނިއުޔޯކުގެ ޓްރެފިކްގައި ކުޑައިރުކޮޅަކު ތާށިވެފައި  ހުންނަންޖެހިއްޖެއެެވެ.

ވައިރަލްވެފައިވާ ވީޑިއޯއިން ފެންނަ ގޮތުގައި މެކްރޮން   މަގު ބަންދުކޮށްފައިވާ ގޮތާ ސަބަބާ ބެހޭ ގޮތުން ފުލުހަކާ ސުވާލު ކުރައްވާ ތަން ފެނެއެވެ.

އެއަށްފަހު ޓްރަމްޕަށް ފޯނުން ގުޅުއްވައި، ސަމާސާ ގޮތަކަށް “ކިހިނެއްތޯ އައްސަވައި، ވެގެން އުޅޭގޮތެއް އެނގިވަޑައިގަންނަވާތޯ އެއްސެވިއެވެ. އަދި ޓްރަމްޕަށް ކަންކަން "ފްރީޒް"ކޮށްފައިވުމުން މެކްރޮން ހުންނެވީ މަގުމަތީގައި  މަޑުކޮށްގެންކަމަށް ވިދާޅުވިއެވެ.  

ފަހުން މެކްރޮންއަށް ވަނީ އޭނާ ވަޑައިގަންނަވަން ފުރުސަތު ލިބިފައެވެ. ނަމަވެސް އެއީ ނިއުޔޯކުގެ މަގުތަކުގައި ގާތްގަނޑަކަށް 30 މިނެޓް ވަންދެން ހިނގާފައެވެ.

ގިނަ ބަޔަކު އަންނަނީ މިއީ ގައުމެއްގެ ވެރިއަކަަށް އަދައިކުރަންޖެހޭ ޑިޕްލޮމެޓި ޕްރޮޓޮކޯލްގެ ފެއިލްވި ކަމެއްގެ ގޮތުގައި ސިފަކުރަމުންނެވެ

ހިނގުމުގެ ތެރޭގައި އޭނާ ދަންނަ މީހުންނާއެކު ފޮޓޯ ނެގިއެވެ