އެމެރިކާގެ ރައީސް ޓްރަމްޕް އާއި ރަޝިއާގެ ރައީސް ޕީޓިންގ

ޓްރަމްޕުގެ ވަރުގަދަ އިންޒާރެއް ޕޫޓިން އަށް

މުހައްމަދު ހަމީޒް
 
3 މަސް ކުރިން

ޔުކްރެއިންގެ ހަނގުރާމަ ނިންމުމަށް ރަޝިޔާގެ ރައީސް ވްލަދިމިރް ޕިއުޓިން އެއްބަސްނުވެއްޖެނަމަ، ވަރަށް ނުރައްކާތެރި ނަތީޖާތަކަކާ ކުރިމަތިލާން ޖެހިދާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިންޒާރު ދެއްވައިފިއެވެ.

މި ހުކުރު ދުވަހު އެލާސްކާގައި ބޭއްވުމަށް ހަމަޖެހިފައިވާ ދެ ރައީސުންގެ ބައްދަލުވުމުގައި، ޔުކްރެއިންގެ ހަނގުރާމަ ނިންމުމަށް އެއްބަސްވުމަކަށް ނާދެވިއްޖެނަމަ، ރަޝިޔާއަށް ދަތިތަކާ ކުރިމަތިލާން ޖެހޭނެ ކަމަށް ޓްރަމްޕް ވިދާޅުވެފައިވެއެވެ.

ޔުކްރެއިންގެ މައްސަލައަކީ ބައިނަލްއަޤްވާމީ މުޖުތަމަޢުގެ ކަންބޮޑުވުން އޮތް މައްސަލައެއްކަމަށާއި، މި ހަނގުރާމަ ނިމުމަކަށް ގެނައުމަކީ ވަރަށް މުހިންމު ކަމެއްކަމަށް އެމެރިކާގެ ރައީސް ފާހަގަކުރެއްވިއެވެ.

"އަޅުގަނޑުމެން ބޭނުންވަނީ ސުލްހަވެރި ހައްލެއް. އެކަމަކު ރަޝިޔާއިން މިކަމުގައި އެއްބާރުލުން ނުދީފިނަމަ، އެމެރިކާއާއި އެކުވެރި ގައުމުތަކުން އަޅާނެ ފިޔަވަޅުތަކުގެ ނަތީޖާ ވަރަށް ނުރައްކާތެރި ވާނެ،" ޓްރަމްޕް ވިދާޅުވިއެވެ.

މި ބައްދަލުވުމުގައި ދެ ރައީސުން މަޝްވަރާކުރައްވާނެ އެހެނިހެން މުހިންމު މައުޟޫތަކުގެ ތެރޭގައި ދެ ގައުމުގެ ވިޔަފާރީގެ ގުޅުންތަކާއި، ސަލާމަތީ މައްސަލަތައް ހިމެނޭކަމަށް ވަނީ ހާމަކުރައްވާފައެވެ.