ނޫސްވެރިކަމުގެ މިނިވަންކަމަށް އަސަރުކުރާނެ ބިލެއް މިއަދު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވުމާ ގުޅިގެން، ދިވެހިރާއްޖޭގައި ހުންނަ އެމެރިކާގެ އެމްބަސީން ވަނީ ނޫސްވެރިކަމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ރައްކާތެރިކުރުމަށް އިލްތިމާސްކޮށްފައެވެ.
އެމެރިކާ އެމްބަސީން އެކްސް ޕްލެޓްފޯމްގައި ޝާއިޢުކުރި ޕޯސްޓެއްގައި ފާހަގަކޮށްފައިވަނީ، ނޫސްވެރިކަމުގެ މިނިވަންކަމަކީ އަސާސީ ޙައްޤެއްގެ ގޮތުގައި ދެކޭ ކަމަށާއި، ދިވެހިރާއްޖެ ހިމެނޭގޮތުން ހުރިހާ ޤައުމަކުންވެސް ތަފާތު އަދި އިދިކޮޅު ޚިޔާލުތަކަށް ފުރުޞަތު ދިނުމަށް އެ ޤައުމުން ބާރުއަޅާ ކަމުގައެވެ.
https://x.com/usinmaldives/status/1967958920623956147?s=46
މި ބިލާ ދެކޮޅަށް މިއަދު ހެނދުނުން ފެށިގެން ނޫސްވެރިންނާއި އާންމު ރައްޔިތުން ވަނީ މަޖިލިސް ކައިރީގައި އިހުތިޖާޖުކޮށްފައެވެ. އަދި އިދިކޮޅު އެމްޑީޕީގެ މެންބަރުން މަޖިލީހުގެ ތަޅުމުގައި އިހުތިޖާޖުކުރުމަށްފަހު، ބައެއް މެންބަރުން ވަނީ ނަން އިއްވައި ޖަލްސާއިން ބޭރުކޮށްފައެވެ.
މި ބިލު ޤާނޫނަކަށް ވުމުން، މީޑިއާ ބެލެހެއްޓުމުގެ ޒިންމާ ހަވާލުކުރެވޭނީ ރައީސް މުޙައްމަދު މުޢިއްޒު ތިން މެންބަރުން ޢައްޔަންކުރާ، ޖުމްލަ ހަތް މެންބަރުން ހިމެނޭ ކޮމިޝަނަކާއެވެ.