ސޯޝަލް މީޑިއާ ބޭނުންކޮށް ލިޔުމުގެ ހައްގު އޮންނަންވާނީ ޒިންމާދާރުކޮށް ކަމަށާއި އިޖްތިމާއީ ފޭރާން ވީދިޔަ ނުދިނުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް މުހިންމު ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ނައިބު އަދި ދިއްގަރު ދާއިރޤގެ މެމްބަރު އަހުމްދު ނާޒިމް ވިދާަލުވެއްޖެއެވެ.
ސްންގު ޓީވީގެ ޚަބަރަށްފަހު ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ނާޒިމް ވިދާޅުވެފައިވަނީ ދިވެހިންނަކީ ތަހުޒީބު އަދި ޓެކްނޮލޮންޖީގެ ކަންކަމަށް ހޭލުންތެރި ބައެއްކަމުގައެވެ. އަދި މިހާރު ފޯނެއް ނޯންނަ ދިވެއްސަކުވެސް ނުހުންނާނެ ކަމަށާއި ނަމަވެސް މިއިން ކޮންމެ އެއްޗެއް ބޭނުންކުރުމުގައި އާއި އެކި މަންސަތަކުން ޚިޔާލުފާލުކުރާ އިރު އިޖްތިމާއީ މިންގަނޑުތަކަށް ހޭލުންތެރިވުން މުހިންމު ކަމުގައެވެ.
މިކަމުގެ މިސާލެއްގެ ގޮތުގައި މެމްބަރު ނާޒިމް ވަނީ ދާދިފަހުން އޮސްޓްރޭލިއާގައި ވަކި އުމުރަކުން ދަށުގެ ކުދިންނަށް އިންޓަނެޓް ބޭންކޮށް އެގައުމުގައި އެޅުނު ފިޔަވަޅުތަކުގެ މިސާލު ނަންގަވާފައެވެ.
އަދި އެމަނިކުފާނުވަނީ މީޑިއާ ރެގިއުލޭޓުކުރުމަކީ މިވަގުތު މުހިންމު ކަމެއް ކަމުގައި އަމިއްލަ ދެއްވި އިންޓަވިއުއެއްގައި ފާހަގަކޮށްފައިވާނެ ކަމުގައި ވިދާޅުވެފައެވެ. މިކަމުގެ ސަބަބެއްގެ ގޮތުގައި ނާޒިމް ވަނީ ޓިކްޓޮކް ފަދަ ސޯޝަލް މީޑިއާތަކުގައި ދަރިން ވިއްކަން ޖެހުމާއި ދެމަފިރިން ދޭތެރޭ ޖެހޭ މައްސަލަތަކުގެ ވާހަކަދެއްކުން އާއްމުވެފައިވާ ކަމަށާއި އިޖްތިމާއީ މިންގަނޑުތަކާއި ޚިލާފު ހުތުރު އަމަލުތައް ކުރަމުންދާ ކަމުގައި ވިދާޅުވެފައެވެ.
އަމިއްލަފުޅުން މިކަން ގަބޫލުކުރިނަމަވެސް ގަބޫލުކުރާ ކޮންމެ ކަމަކީ މަޖިލިސް ތަޅުމުން ފާސްވެގެންދާނެ ކަމެއް ނޫންކަމަށާއި، އަދި މިއީ ކޮމިޓީ ތަކުންވެސް ބަލައިގަންނާނެ ކަންތައް ތަކެއް ނޫންކަމުގައި ނާޒިމް ވިދާޅުވިއެވެ. ހަމައެއާއިއެކު ބިލުގައި ސޯޝަލް މީޑިއާތަކުގެ ވާހަކަ ހިމަނާފައި ނެތްނަމަވެސް މީޑިއާގެ ބޭފުޅުންނަށް ވިއްކޭނެ ވާހަކައެއް ނެތުމުން ދައްކާ ވާހަކަތަކެއް ކަމުގައިވެސް ވިދާޅުވިއެވެ.
ސޯޝަލް މޫޑިއާ ބޭންކުރުމަށް ނުވަތަ ސަރުކާރުން މިފަދަ މަންސަތައް ރެގިއުލޭޓުކޮށް ކޮންޓްރޯލު ކުރާނެ ކަމަށް ދައްކަމުން އަންނަ ވާހަކަތައް އެމަނިކުފާނު ދލގުކުރެއްވިއެވެ. އަދި މިއީ ގިނަ ބައެއްގެ ވާހަކަތަކެއް ނޫން ކަމަށާއި ހިތާއި ހިތުގެ ގުޅުން ޖަހާފައި އޮންނަ ރީނދޫ ކުލައިގެ ޓީ-ޝާޓު ލައިގެން އުޅޭ ގްރޫޕު މީހުން ކުލަ ހެދުމުގައި ނިކުމެ ދައްކަމުންދާ ދޮގު ވާހަކަތަކެއް ކަމުގައިވެސް ނާޒިމް ފާހަގަކުރެއްވިއެވެ.