ގުޅީފަޅުގެ މަޝްރޫއުގެ ޕްލޭންގެ ރެންޑާއެއް -- ފޮޓޯ: އެޗްޑީސީ

ގުޅީފަޅު ގޯތިތައް ހަވާލުކުރަން ފަށައިފި

މުހައްމަދު ހަމީޒް
 
23 ދުވަސް ކުރިން

ބިންވެރިޔާ ސްކީމުގެ ދަށުން ކ. ގުޅީފަޅުން ދޫކުރާ ގޯތިތައް މިއަދު ހަވާލުކުރަން ފަށައިފިއެވެ.

މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި، ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް ވިދާޅުވީ، ގުޅީފަޅުން ދުކުރާ ގޯތިތައް ހަވާލުކުރަން ފަށާފައިވާ ކަމަށެވެ. އަދި، ގުޅީފަޅުގައި ކޮންސްޓްރަކްޝަން ސައިޓުގެ ގޮތުގައި ހުރި ބިންތައް ކޮންޓްރެކްޓަރުން ހުސްކުރުމުން، އެ ބިންތައް ވެސް ވެރިފަރާތާ ހަވާލުކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ގުޅިފަޅުން ދޫކުރާ ގޯތިތަކުގެ ރަޖިސްޓްރީ ދޫކުރަން މިދިޔަ ޖުލައި މަހުގެ 12ވަނަ ދުވަހު ފެށިއިރު، މިދިޔަ މަހުގެ 28އާ ހަމައަށް 1،260 މީހަކަށް ގޯތީގެ ރަޖިސްޓްރީ ދީފައިވާ ކަމަށް ހައުސިން މިނިސްޓްރީން ވަނީ ބުނެފައެވެ.

މިއީ މާލޭގައި ދިމާވެފައިވާ ތޮއްޖެހުމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދައިދެއްވުމަށް ކުރީ ސަރުކާރުން ފެށި މަޝްރޫއެކެވެ. އަދި ސަރުކާރު ބަދަލުވުމުން، މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ކުރިން ނިންމަވާފައިވާ ގޮތަށް ރައްޔިތުންނާއި ގޯތިތަށް ހަވާލުކޮށްދެއްވާނެ ކަމަށެވެ.