ރައީސް ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންނާއި ބައްދަލުކުރުމުގެ ތެރެއިން - - ފޮޓޯ: ރައީސް އޮފީސް

ޖެނުއަރީ 1 އިން ފެށިގެން އާއްމު ތަންތަން ދިއްލުމަށް ފެނަކަ/ސްޓެލްކޯއިން ނަގާނީ ޑޮމެސްޓިކް އަގުތައް!

އާއިޝަތު އަނާ ރަޝީދު
 
18 ގަޑިއިރު ކުރިން

ރާއްޖޭގެ ހުރިހާ ސިޓީތަކާއި ރަށްރަށުގެ މަގުތަކާއި އާންމު ތަންތަން ދިއްލުމަށް ފެނަކަ އަދި ސްޓެލްކޯއިން ބިލްކުރާނީ ޑޮމެސްޓިކް ރޭޓުންކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މި ބަދަލު އަންނާނީ 2026 ވަނަ އަހަރުގެ ޖެނުއަރީ 1 އިން ފެށިގެންނެވެ.

https://x.com/mmuizzu/status/1965046064408650150?s=46

މިއީ ލާމަރުކަޒީ ނިޒާމު އިތުރަށް ހަރުދަނާކޮށް، ކައުންސިލްތަކުގެ މާލީ ޤާބިލްކަން އިތުރުކުރުމަށް ސަރުކާރުން ގެންނަ މުހިންމު ބަދަލެކެވެ. މި ބަދަލާ ގުޅިގެން ކައުންސިލްތަކަށް މުނިސިޕަލް އެހެނިހެން ޚިދުމަތްތަކަށް ޚަރަދުކުރުމަށް އިތުރު ފައިސާ ލިބިގެންދާނެއެވެ.

މިހާރު އާންމު ތަންތަން ދިއްލުމަށް ކައުންސިލްތަކުން ވިޔަފާރި ރޭޓުން ކަރަންޓު ބިލް ދައްކަމުން އަންނަ ކަމަށާއި، މި ބަދަލާއެކު ކައުންސިލްތަކުގެ ޚަރަދު ވަރަށް ބޮޑުތަން ކުޑަވެގެންދާނެ ކަމަށް ބެލެވެއެވެ.

މި ނިންމުމަކީ ރަށްރަށުގެ ތަރައްޤީއަށް އިތުރު ފުރުސަތުތަކެއް ހުޅުވިގެންދާނެ ކަމެއްކަމަށް ސަރުކާރުން ފާހަގަކުރައްވައެވެ. އަދި މީގެ ސަބަބުން ކައުންސިލްތަކަށް އިތުރު ތަރައްޤީގެ މަޝްރޫޢުތައް ހިންގުމަށް މަގުފަހިވެގެންދާނެއެވެ.