އައްޑުއަށް މިހާރު ކުރިމަތިވެފައިވާ ކަރަންޓުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދައިދިނުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ފެނަކައިން މިއަދު ބުނެފިއެވެ.
އައްޑޫން އެކަށީގެންވާ ގޮތަށް ކަރަންޓު ނުލިބުމާއި އިރުއިރުކޮޅަކާ ކަރަންޓު ދިޔުމުގެ މައްސަލައަށް ދިގުލައިގެން ގޮސްފައިވާތާ މިހާރު އެތައް މަހެއް ވެއްޖެ އެވެ. އަދި އެކަމާ، އެ ހިދުމަތްދެމުން އަންނަ ފެނަކައަށް ކިޔަމުންދާ ފާޑުކިޔުންތައް ބޮޑެވެ.
އެކަމަކު ރޭ އައްޑޫން ކަރަންޓު ގޮސްފައިވަނީ، ފެނަކައިން ބުނި ގޮތުގައި، އެ ތަނުގެ މައްސަލައަކުން ނޫނެވެ.
ފެނަކައިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ރޭ މެންދަމު އައްޑޫގެ ގުޅިފައިވާ ރަށްތަކުން ކަރަންޓު ދިޔައީ ސަބްސްޓޭޝަންގެ ކޭބަލަކަށް މީހަކު ގެއްލުން ދޭން އުޅުމުގެ ތެރޭގައި ކަރަންޓު ޝޯޓެއް ވެގެން ކަމަށެވެ. އެއާ އެކު، މައި އިންޖީނު އެއްކޮށް ޑައުންވެފައިވާ ކަމަށް އެ ތަނުން ބުންޏެވެ.
އެނގިފައިވާ ގޮތުގައި، ގެއްލުންދޭން އުޅުނު މީހާއަށް ކަރަންޓުގައި ޖެހިގެން ދަނީ ފަރުވާ ދެމުންނެވެ.
އެހެންވެ، މި ފަދަ އަމަލުތައް ނުހިންގުމަށް އިލްތިމާސް ކުރަމެވެ،" ފެނަކަގެ ނޫސްބަޔާނުގައި ބުންޏެވެ.
އެ ތަނުން ދެން ބުނީ، އައްޑުއަށް ދިމާވަމުންދާ ކަރަންޓުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދައިދިނުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.