ރާއްޖޭގެ ޓީވީ ޗެނަލެއް ކަމަށްވާ "ރާއްޖެ ޓީވީ" އިން އިސްލާމިކް މިނިސްޓަރ މުހައްމަދު ޝަހީމް އަލީ ސައީދު ބްލޮކްކޮށްލައިފިއެވެ.
ޝަހީމް "އެކްސް"ގައި ކުރެއްވި ޕޯސްޓެއްގައި ވަނީ ރާއްޖެ ޓީވީން އޭނާ ބްލޮކްކޮށްގެން އުޅުއްވަނީ ކީއްވެތޯ ސުވާލު ކުރައްވައިފައެވެ. އަދި ދިގުރަށުގެ މިސްކިތާ ބެހޭ ގޮތުން ޝާއިއު ކުރި ހަބަރަކަށް ކޮމެންޓް ކުރައްވަން ބޭނުންވާ ކަމަށް ވަޒީރު ވިދާޅުވެފައިވެއެވެ.
"މިސްކިތާއި ގުޅޭގޮތުން ކޮމެންޓް ކޮށްލަން ބޭނުން. ވަގުތީ ގޮތުން ނަަމަވެސް ބްލޮކް ފިލުވާލަދެއްވާ. މީޑިއާގެ މިނިވަންކަން ނުދީ ތިހެން ހަދާކަށް ނުވާނެއެއްނު." ވަޒީރު ވިދާޅުވިއެވެ.