ނޫސްވެރިކަމާއި މީޑީއާތަކުގެ ބާރުތައް ހަނިވާގޮތަށް ފަރުމާކޮށްފައިވާ މީޑިއާ ބިލް މާދަމާ އޮންނަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް އެޖެންޑާ ކޮށްފިއެވެ.
މަޖިލީހުގެ ދައުރުން ބޭރުން މާދަމާ ބޭއްވުމަށް ހަމަޖެހިފައިވާ ޖަލްސާގެ އެޖެންޑާ މެމްބަރުންވަނީ ފޮނުވާފައެވެ. މާދަމާގެ އެޖެންޑާގައި ވާގޮތުން މީޑިއާ ރެގިއުލޭޓު ކުރާ ބިލަށް ބަހުސްކުރުމުގެ އިތުރަށް ހިއުމަން ރައިޓްސް ކޮމިޝަނަށް މެންބަރުން އައްޔަން ކުރުމަށް ވޯޓަށް އެހުންވެސް ހިމަނާފައިވެއެވެ.
މި ބިލާމެދު ބޮޑެތި ކަންބޮޑުވުންތަކެއް ނޫސްވެރިންދަނީ ފާޅުކުރަމުންނެވެ. ހާއްސަކޮށް މި ދާއިރާގައި ހަރަކާތްތެރިވާ ތަޖުރިބާކާރު ނޫސްވެރިން ވެސް ބުނަމުންދަނީ ބިލްގެ ސަބަބުން މިނިވަން ނޫސްވެރިކަން 20 އަހަރު ފަހަަތަށް ސޮއްސާލައިގެން ދާނެކަމަށެވެ.