ސްޕޯޓްސް ފިޝިންއަށް ޚާއްސަ އެކި ތަކެތި ހެޔޮ އަގުގައި ލިބޭ "ވަވަލަ" ފިހާރަ ހުޅުމާލޭގައި ހުޅުވައިފިއެވެ.
މި ފިހާރަ ހުޅުވައިފައި ވަނީ ހުޅުމާލޭ ހުވަނދުމާ ހިނގުމުގައި، ބޭންކް އޮފް މޯލްޑިވްސް ހުންނަ ފިހާރަބަރީގެ ފުރަތަމަ ފަންގިފިލާގައެވެ.
ފަރުމަސްވެރިކަމަށާއި ސްޕޯޓްސް ފިޝިންއަށް ހާއްސަކޮށްގެން ހުޅުވި މި ފިހާރައިން ސްޕޯޓްސް ފިޝިންއަށް ޚާއްސަ އެންމެ ކޮލިޓީ ސާމާނު ހެޔޮ އަގުގައި ލިބެން ހުންނާނެއެވެ.
މި ފިހާރައިން ރާއްޖެއަށް އަލަށް ތައާރަފް ކުރާ ޚާއްސަ ބްރޭންޑުތަކުގެ ދޮށްޓާއި ރީލު ވެސް ލިބެން ހުންނާނެއެވެ.
މި ފިހާރައިން ލިބޭ ޕްރޮޑަކްޓުތަކުގެ މައުލޫމާތު ހިއްސާކުރަމުން، "ވަވަލަ" ފިހާރައިން ބުނީ މި ފިހާރައިން ތައާރަފްކުރާ ޚާއްސަ މުޅިން އާ ބްރޭންޑަކީ، ޔޫޕްރޯ ބްރޭންޑާއި އެކްޕާޓް ގްރެފައިޓް ބްރޭންޑުގެ ދޮށި ކަމަށެވެ. މިއީ ވަވަލައަށް އިމްޕޯޓުކޮށް ޑިސްޓްރިބިއުޓުގެ ކުރުމުގެ ހުއްދަ ލިބިފައިވާ ދެ ބްރޭންޑުކަމަށް ވެސް ފާހަގަކުރިއެވެ.
"މަހަށް ފުރަން ގޮސް އެއްޗެއް ހަނދާން ނެތި ނުލާ ދެވުނަސް ގުޅާ ލުމުން ވަގުތުން ޑެލިވަރީ ކޮށްދޭނަން" ވަވަލަ ފިހާރައިގެ މެނޭޖަރު ވިދާޅުވިއެވެ.
ވަވަލައިގެ އިންސްޓަގްރާމް (vavala.mv) މެދުވެރިކޮށާއި، ފޭސް ބުކް އަދި މޮބައިލް ނަންބަރު 9559951 އިން ތަކެތި ގަނެވޭނެއެވެ.
https://www.instagram.com/vavala.mv?igsh=MXh0ejVscHVpb3FrZA==
މިއީ ސްޕޯޓްސް ފިޝިންއަށް ލޯބިކުރާ ފަރާތްތަކަށް ފަސޭހަކަމާ އެކު އެއްތަނަކުން ބޭނުންވާ ހުރިހާ ސާމާނެއް ލިބޭހެން ހުޅުމާލޭން ލިބޭނެ ފިހާރައެކެވެ.