ހުޅުމާލޭގައި ވޯޓާ ތީމް ޕާކު ހަދަން ދޫކޮށްފައިވާ ސަރަހައްދު -- ފޮޓޯ: އެޗްޑީސީ

ހުޅުމާލެއިން މަރުވެފައި އޮއްވާ ފެނުނީ ގެއްލިގެން އުޅޭ ނޭޕާލުމީހާ ކަމަށް ބެލެވޭ: ފުލުހުން

މުހައްމަދު ހަމީޒް
 
1 މަސް ކުރިން

ހުޅުމާލެއިން މަރުވެގެން އޮއްވާ އިއްްޔެ ފެނުނީ ގެއްލިގެން ހޯދަން އިއުލާންކުރި ނޭޕާލު މީހާ ކަމަށް ބެލެވޭ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

ފުލުހުން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ މަރުވެފައި އޮއްވާ ފެނުނީ ފިރިހެނެއް ކަމަށާއި ނަމަވެސް އެއީ ކާކުކަން އަދި ދެނެނުގަނެވޭ ކަމަށެވެ. ނަމަވެސް އެއީ ގެއްލިގެން ހޯދަން މިދިޔަ ބުރާސްފަތި ދުވަހު އިއުލާނުކުރި ބިދޭސީ މީހާ ކަމަށް ބެލެވިދާނެ ކަންކަން ތަހުގީގަށް މިހާތަނަށް ފެނިފައިވާކަމަށެވެ.

މީގެއިތުރުން ފުލުހުން ބުނީ މީހާގެ ހަށިގަނޑު "ޑީކޮމްޕޯޒްވެފައި" ވެފައިވާ ކަމަށެވެ.

މަރުވެފައި އޮތް މީހާ ފެނުނީ އިއްޔެ އިރުއޮއްސެނިކޮށް ހުޅުމާލޭގެ ވޯޓާ ތީމް ޕާކު ހަދަން ދޫކޮށްފައިވާ ސަރަހައްދުންނެވެ.