ޖަރުމަނުގައި އެއްޗެއް ގޮވަި އަނިޔާވި ދިވެހި ޒުވާނާ - - ފޮޓޯ: ސޯޝަލް މީޑިއާ

މިއުނިކްގައި ހިނގި ގޮވުމުގެ ހާދިސާއެއްގައި ފިހުނު ދިވެހި ޒުވާނާ ނިޔާވެއްޖެ

އާއިޝަތު އަނާ ރަޝީދު
 
23 ދުވަސް ކުރިން

ޖަރުމަނުވިލާތުގެ މިއުނިކް ސިޓީގައި ހިނގި ގޮވުމުގެ ހާދިސާއެއްގައި ބޮޑެތި އަނިޔާތަކެއް ލިބުނު ދިވެހި ޒުވާނާ، މިއަދު ވަނީ ދުނިޔެ ދޫކޮށްފައެވެ.

މި ހާދިސާގައި ނިޔާވި ބ.ތުޅާދޫ ބީޗް ހައުސްގެ އިބްރާހިމް ފަޔާޒަށް ފަރުވާ ދެމުން ގެންދިޔައީ މިއުނިކްގެ ބޮގޭންހައުސަން ހޮސްޕިޓަލުގެ އިންޓެންސިވް ކެއަރ ޔުނިޓުގައެވެ. އޮގަސްޓް 26 ވަނަ ދުވަހު ހިނގި މި ހާދިސާގައި އޭނާގެ ބޮލަށް ލިބުނު އަނިޔާތައް ވަނީ ވަރަށް ބޮޑެވެ.

ފަޔާޒަކީ ރާއްޖޭގައި ކައިޓް ސާފިންގ ފެށި އެންމެ ފުރަތަމަ ބަޔަކާއެކު އެކަން ފެށި ޒުވާނެކެވެ. ޖަރުމަނު އަންހެނަކާ އިނދެގެން އުޅުނު ފަޔާޒު ފަހުން ދިރިއުޅެމުން އައީ ޖަރުމަނުވިލާތުގައެވެ. އޭނާގެ ކުޑަ ފިރިހެން ދަރިފުޅެއް ހުރި އިރު، އޭނާ ކުރިން ދިރިއުޅެމުން އައީ ތުޅާދޫގައެވެ. ތުޅާދޫގެ ރައްޔިތުން ފާހަގަކުރާ ގޮތުގައި ފަޔާޒަކީ އެންމެންނާވެސް ރަހުމަތްތެރިކަމާއެކު މުޢާމަލާތްކުރާ، ހިތްހެޔޮ ޒުވާނެކެވެ.