އިސްލާމިކް މިނިސްޓަރ، ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު - - ފޮޓޯ: މިނިސްޓްރީ

ޒަކާތު ފަންޑުން ފަގީރުންނަށް އެހީތެރިކަން ދެވޭނެ ގޮތްތައް ފުޅާކުރުމަށް މަޝްވަރާކުރަނީ

އާއިޝަތު އަނާ ރަޝީދު
 
2 މަސް ކުރިން

ދިވެހިރާއްޖޭގެ ޒަކާތު ފަންޑުން ފަގީރުންނާއި މިސްކީނުންނަށ އެހީތެރިކަން ފޯރުކޮށްދެވޭނެ އިތުރު ގޮތްތައް ހޯދައި މިހާރު އެހީތެރިކަން ފޯރުކޮށްދެމުންދާ ގޮތްތައް އިތުރަށް ފުޅާކުރުމަށް މަޝްވަރާތައް ކުރެވެމުންދާ ކަމުގައި ދިވެހިރާއްޖޭގެ އިސްލާމިކް މިނިސްޓަރ، ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

މިއަދު ފެށުނު އިންޓަނޭޝަނަލް ޒަކާތު ކޮންފެރެންސްގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ޝަހީމް ވިދާޅުވފެަިއވަނީ ފަގީރުންނަށް އެހީ ފޯރުކޮށްދޭ ގޮތްތައް ފުޅާކުރުމަށްޓަކައި މަޝްވަރާތަކެއް ކުރެވުމަށްފަހު އެކަމާއި ގުޅޭ ކަރުދާހެއް ތައްޔާޜުކޮށް ކެބިނެޓަށް ހުށަހަޅާނެ ކަމުގައެވެ. އަދި މިހާރު ކުރެވެމުންދާ މަސައްކަތަށް ބަލާއިރު، ފަގީރުންނާއި މިސްކީނުންގެ ދިރިއުޅުމުގެ އެކި އެކި ޒަރޫރީ ބޭނުންތައް ފުއްދައި ދޭނެ ގޮތުގެ ތަސައްވުރު ވެސް އެކުލެވިގެންދާކަމަށާއި ކަރުދާހުގައި ހިމަނަން ޖެހޭ އެކި އެކި ކަންކަން ދިރާސާކުރަމުންދާ ކަމުގައިވެސް ވިދާޅުވިއެވެ.

މީގެ އިތުރުން މިނިސްޓަރ ވަނީ ޒަކާތާއި ގުޅޭ ކަންކަމުގައި ދިވެހިރާއްޖެއަކީ އެންމެ ކުީގައި އޮންނަ ގައުމެއްކަމުގައި ހެދުމަކީ އެމަނިކުފާނުގެ އަމާޒެއް ކަމަށާއި، އެކަމަށް ގިނަ މަސައްކަތްތައް މިހާރުވެސް ކުރެވެމުންދާ ކަމުގައެވެ.

މިރަސްމިއްޔާތުގައި ވާހަކަދައްކަމުން އެމަނިކުފާނު ވަނީ އިސްލާމްދީނުގެ ރުކުންތަކުގެ ތެރެއިން ޒަމާނާއި ހާލަތަށް ބަލައި ތަރައްގީ ކުރެވެން އޮތް ހަމައެކަނި ރުކުނަކީ ޒަކާތުގެ ކަންތައްކަމަށާއި މުޅި ގައުމު ނުފުދިގެން އުޅޭ މިފަދަ ޒަމާނެއްގައި ފަގީރުންނާއި މިސްކީނުންގެ "މި ޒަމާނުގެ މަފްހޫމެއް" ކަނޑައަޅަންޖެހޭ ކަމަށެވެ.

ޒަކާތުގެ ދާއިރާއިން ރާއްޖެއަށް ލިބިފައިވާ ކުރިއެރުމެއްގެ ގޮތުގައި މިނިސްޓަރ ވަނީ މިހާރު ސަރުކާރުން ހުށަހަޅާފައިވާ ޒަކާތުގެ ބިލް ފާހަގަކޮށްފައެވެ. އަދި އެމަނިކުފާނު ވިދާޅުވި ގޮތުގައި މި ބިލް އެކުލަވާފައިވަނީ މިދިޔަ އަހަރު ބޭއްވުނު އިންޓަނޭޝަނަލް ޒަކާތު ކޮންފެރެންސްގައި ބައިވެރިވި އިލްމުވެރިން ދެއްވި ލަފައާއި އިރުޝާދުގެ މައްޗަށެވެ.