އިސްލާމިކް މިނިސްޓަރ،ޗ، އޭނާ އަދާކުރައްވަމުން ގެންދެވި ޔޫތު އެޑްވައިޒަރީ ބޯޑުގެ މެންބަރުކަމުން މިއަދު އިސްތިއުފާދީފިއެވެ.
2023 ވަނަ އަހަރުގެ އޮގަސްޓް މަހު ޔޫތު އެޑްވައިޒަރީ ބޯޑަށް އައްޔަންކުރެވުނު އަބްދުﷲ މާހިލް ޝަހީމް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒަށް ފޮނުއްވި އިސްތިއުފާގެ ސިޓީގައި ވިދާޅުވެފައިވަނީ، ކިޔެވުން ނިންމެވުމަށްފަހު ގައުމަށް ޚިދުމަތްކުރައްވާނެ ކަމަށެވެ. ނަމަވެސް އިސްތިއުފާގެ އިތުރު ސަބަބެއް ހާމަކުރައްވާފައެއް ނުވެއެވެ.
މާހިލްގެ އިސްތިއުފާ މި އައީ، މިދިޔަ ބުރާސްފަތި ދުވަހު މެލޭޝިއާއިން ރާއްޖެ ވަޑައިގަތުމުގެ ތެރޭގައި، ސަރުކާރުން މަނާކޮށްފައިވާ ވޭޕް ސާމާނު އޭނާގެ ފޮށިން ފެނި، ޖޫރިމަނާ ކުރެވުމަށް ފަހުގައެވެ.
މީގެ ކުރިން، ޔޫތު އެޑްވައިޒަރީ ބޯޑުގެ ރައީސް، ދާއޫދު އަހުމަދު ވެސް ވަނީ އިސްތިއުފާ ދެއްވާފައެވެ. މާލޭގައި ބޭއްވުނު މަސްތުވާތަކެތި ބޭނުންކުރި ޕާޓީއެއްގައި ބައިވެރިވި ކަމުގެ ތުހުމަތު މީނަގެ މައްޗަށް ކުރެވިފައިވާއިރު އޮފީހުގެ އަންޑަރ ސެކްރެޓަރީގެ މަޤާމުގައި ހުންނެވި ދާއޫދުގެ މައްޗަށް ފަހުން ތުހުމަތު ކުރެވުނީ، ހ. މިޓާޒްގޭގެ ފުރާޅަށް ވެއްޓުނު ހައްވާ ޔުމްނާ ރަޝީދުގެ މައްސަލައިގެ ތަހުގީގަށް ދޮގު މައުލޫމާތު ދިން ކަމަށެވެ. މި މައްސަލައާ ގުޅިގެން މުސާރަ ލިބޭގޮތަށް ސަސްޕެންޑް ކުރެވުނު ދާއޫދު، ފަހުން ވަނީ މަޤާމުން ވަކިކުރެވިފައެވެ.