ޗެނަލް 13 - - ފޮޓޯ: ސަން

ޗެނަލް 13 އިން ބްރޯޑްކާސްޓް ކުރުން ހުޓުމަށް އަންގައިފި

އާއިޝަތު އަނާ ރަޝީދު
 
23 ގަޑިއިރު ކުރިން

ބްރޯޑްކާސްޓިން ކޮމިޝަނުން, ޗެނަލް 13 ގެ ބްރޯޑްކާސްޓް ކުރުން ވަކި ގަޑިއެއްގައި ހުއްޓާލުމަށް އަންގާފައިކަން މިރޭ ހާމަވެއްޖެއެވެ.

އެގޮތުން މިޗެނެލްގެ ބްރޯޑްކާސްޓިންގ ހުއްޓަލުމަށް އަންގާފައިވަނީ ޖެނުއަރީ 30 ވަނަ ދުވަހު ގެނެސްދިން އިރާދަން ޚަބަރުގެ ރިޕޯޓެއް، ކޯޑް އޮފް ޕްރެކްޓިސްއާ ޚިލާފުވާކަމަށް ބެލެވިގެން ނިންމި ނިންމުމެއްގެ މައްޗަށްކަން ފާހަގަކުރެވެއެވެ.

ބްރޯޑްކޮމް އިން 20:00 އިން ހެނދުނުގެ 09:00 އާއި ހަމައަށް މިޗެނަލްގެ ބްރޯޑްކާސްޓިންގ ހުއްޓައި މައާފަށް އެދި ބަޔާނެއް ނެރުމަށް އަންގާފައިވީ ނަމަވެސް ޗެނަލް 13 އިން ވަނީ އެ އެންގުމާ ޚިލާފަށް، ޕީއެންއެފްގެ ޖަލްސާގެ ތައްޔާރީތަކުގެ ލައިވް ބްރޯޑްކާސްޓް ކުރިއަށް ގެންގޮސްފައެވެ.

ޗެނަލް 13 އަކީ ކުރީގެ ރައީސް ޔާމީންގެ ސިޔާސީ ފިކުރު ކުރިއަރުވާ ޗެނަލެއްގެ ގޮތުގައި ފާހަގަކުރެވޭއިރު، ކުރީގެ އެމްޑީޕީ ސަރުކާރުން ވެސް ވަނީ މި ޗެނަލަށް އެކި ފިޔަވަޅުތައް އަޅައި، ޖޫރިމަނާކޮށްފައެވެ.