އޮގަސްޓް މަހުން ފެށިގެން މިފްކޯއިން ފުވައްމުލަކު ސިޓީ އިން މަސް ގަންނަން ފަށަނީ

އާއިޝަތު އަނާ ރަޝީދު
 
9 ދުވަސް ކުރިން

އޮގަސްޓް މަހުން ފެށިގެން މޯލްޑިިވްސް އިންޑަސްޓްރިއަލް ފިޝަރީސް ކޮމްޕެނީ އިން ފުވައްމުލަކު ސިޓީ އިން މަސް ގަންނަން ފަށާނެ ކަމުގައި އެކުންފުނިން ބުނެފިއެވެ. 

މިފްކޯއިން ހާމަކޮށްފައިވާ ގޮތުގައި ފުވައްމުލަކު ސިޓީ އިން މިމަހުގެ ތެރޭގައި މަސް ގަންނަން ފަށައި ދާއިމީ ގޮތެއްގައި މަސްގަތުމަށް ތައްޔާރުވަމުންދާ ކަމަށެވެ. އަދި ކުންފުނީގެ ސީއީއޯ، ރިޓަޔަޑް ބްރިގޭޑިއާ ޖެނެރަލް ފަރުހަތު ޝަހީރު ވަނީ ފުވައްމަލަކު ސިޓީ ކަައުންސިލަށް މިޔަގީންކަން ދެއްވާފައެވެ. 

މިއަހަރުގެ ތެރޭގައި މި ކުންފުނިން އަޅަން ފަށާފައިވާ މަސް ޕްރޮސެސްމުރާ ފެކްޓްރީގެ މަސައްކަތް ނިމި، އެތަނުގެ ބޭނުން ހިފަން ފަށާނެ ކަމުގައި މިފްކޯއިން ވަނީ ބުނެފައެވެ. 

ދިވެހިރާއާޖޭގެ އެކި ހިސާބުތަކުގައި މަސްވެރިން ބާނާ މަސް ވިއްކުމުގެ ދަތިކަން ހުރި ކަމަކީ މަސްވެރިން އަބަދުވެސް ކުރަމުން އަންނަ ޝަކުވާއެއް ކަމަށާއި، މިފަދަ މަސައްކަތެއް ފެށިގެން ދިއުމަކީ މިކަމަށް ލިބިގެންދާ ހައްލެއްކަމުގައި މިފްކޯއިން ފާހަގަކޮށްފައިވެއެވެ. 

އަދި ޏިގެ އިތުރުން މިމައްސަލަތަކަށް ޖުމްލަ ހައްލެއް ގެނައޖމަށް ރާއްޖޭގެ އެކި ހިސާބުތަކުން މަސް ގަނެވޭނެ ހަމަޖައްސަން މަސައްކަތް ކުރަމުންދާ ކަމަށާއި އައްޑޫން ގަންނަ މަސް ހުވަދުއަށް ނުގެންގޮސް ސީދާ އައްޑޫން ބޭރުކުރުމުގެ މަސައްކަތް މަހެއްގެ ތެރޭގައި ފެށުމަށް ތައްޔާރުވަމުން އަންނަ ކަމުގައިވެސް މިފްކޯއިން ވަނީ ބުނެފައެވެ.