ރާއްޖޭގެ ހާއްސަ އިގްތިޞާދީ ސަރަހައްދުގައި މަސްވެރިކަން ކުރަން އުޅުނު ބޭރު ބޯޓެއް ހިފަހައްޓައިފިއެވެ
މެލީނާ ފިށިން ލައިން ނަމަކަށް ކިޔާ މި ބޯޓުގައި ބުބޯޓުގައި ހަ މީހުން ތިބި ކަމަށެވެ.
މި ބޯޓު ފެނިފައިވަނީ ކ.ދިއްފުށްޓާ ދިމާ އިރުމަތިން ރާއްޖެގެ ޚާއްޞަ އިޤްތިސާދީ ސަރަހައްދުން ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
މިހާރު މި ބޯޓުވަނީ އެމްއެންޑީއެފް ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.
ނަމަވެސް މިއީ ކޮން ގައުމަކަށް ނިސްބަތްވާ ބޯޓެއް ކަމެއް އެމްއެންޑީއެފުން ހާމައެއް ނުކުރެއެވެ.
އާންމު ގޮތެއްގައި ގަވައިދާ ޚިލާފަށް މަސްވެރިކަން ކުރަން އުޅެނިކޮށް ހިފަހައްޓަނީ ލަންކާއަށް ނިސްބަތްވީ މަސް ބޯޓު ތަކެވެ.