މަސްޖިދުލް އަޤްސާ | ފޮޓޯ: ގޫގުލް

މަސްޖިދުލް އަޤްސާގެ ހުރުމަތް ކެނޑުމަށް ހިންގާ އަމަލުތައް ސަރުކާރުން ކުށްވެރިކޮށްފި.

އާއިޝަތު އަނާ ރަޝީދު
 
2 ދުވަސް ކުރިން

މުސްލިމުންގެ ތިންވަނަ އަށް އެންމެ މުގައްދަސް ބިނާކަމުގައިވާ މަސްޖިދުލް އަޤްޞާގެ އިމުގެ އތެރެއަށް އިސްރާއީލުގެ ޤައުމީ ސަލާމަތާއި ބެހޭ ވަޒީރު ވަދެ އެ މިސްކިތުގެ ހުރުމަތް ކަނޑާލަން ހިންގި އަމަލު ދިވެހި ސަރުކާރުން ވަނީ ކުށްވެރިކޮށްފައެވެ. 

އެގޮތުން މިއަމަލު އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާކަމަށާއި ބައިނަލްއަޤްވާމީ ޤާނޫނާއި، އިސްލާމީ މުޤައްދަސް ބިނާތަކުގެ ހުރުމަތް ކަނޑާލުމަށް ކޮށްފައިވާ އަމަލެއް ކަމުގައި ފަަހަގަކޮށްފައިވެއެވެ. 

 އަދި ހަމައެއާއިއެކު އިސްރާއިލުން ހިންގަމުންދާ ޢައިރު ޤާނޫނީ އަމަލުތަކާއި، އިސްލާމީ މުޤައްދަސް ތަންތަނުގެ ހުރުމަތް ކަނޑާލުމްށް ހިންގާ އަމަލުތައް ވަގުތުން ވަގުތަށް ހުއްޓާލަން ގޮވާލައި މިއަމަލުތައް ވަގުތުން ވަގުތަށް ހުއްޓާލުމަށް އިސްރާއީލަށް މަޖުބޫރުކުރުވުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުން އަވަސްކުރުމަށް ބައިނަލް އަޤްވާމީ މުޖުތަމަޢަށް ދިވެހި ސަރުކާރުން ވަނީ ގޮވާލާފައެވެ.