ޝަހީދު ހައިކޯޓުގެ ފަނޑިޔާރުކަމަށް އައްޔަންކުރުން ހުއްޓުވަން އެދުނު މައްސަލަ ބަލައިގެންފި-

ޝަހީދު ހައިކޯޓުގެ ފަނޑިޔާރުކަމަށް އައްޔަންކުރުން ހުއްޓުވަން އެދުނު މައްސަލަ ބަލައިގެންފި

ލަމްޔާ އަލީ ހާޝިމް
 
3 ދުވަސް ކުރިން

ޕީއެންސީގެ ސިޔާސީ ހަރަކާތްތަކުގައި އިސްކޮށް އުޅުއްވި، އަދި މިފަހަކާ ޖެހެންދެން ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަން ކުރެއްވި މުހައްމަދު ޝަހީދު، ހައިކޯޓުގެ ފަނޑިޔާރުކަމުގެ މަގާމަށް އައްޔަންކުރުން ވަގުތީ ގޮތުން މަޑުޖައްސާލަން އެދި ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ މިއަދު ބަލައިގެންފިއެވެ.

ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން ޝަހީދު ހައިކޯޓުގެ ފަނޑިޔާރުކަމުގެ މަގާމަށް އައްޔަންކުރަން ނިންމީ، ހައިކޯޓުން ހުސްވެފައިވާ ދެ ފަނޑިޔާރުންގެ މަގާމަށް ކުރިމަތިލި 18 މީހުންގެ ތެރެއިންނެވެ. ޝަހީދާ އެކު ޖޭއެސްސީން ހައިކޯޓުގެ ފަނޑިޔާރުކަމަށް އައްޔަންކުރަން ނިންމި އަނެއް ބޭފުޅަކީ ސިވިލް ކޯޓުގެ ކުރީގެ ގާޒީ އަބްދުﷲ ޖަމީލް މޫސާއެވެ

މި މައްސަލަ ސިވިލް ކޯޓަށް ހުށަހެޅުއްވީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. މި މައްސަލަ ހުށަހެޅުއްވީ ހައިކޯޓުގެ ފަނޑިޔާރުކަމުގެ މަގާމަށް ކުރިމަތިލައްވައިފައިވާ، އަދި ޕްރޮސިކިއުޓާ ޖެނެރަލް އޮފީހުގެ ވަކީލު، އަހުމަދު ނައުޝާދެވެ. 

ސިވިލް ކޯޓުން މި މައްސަލަ ބަލައިގަނެފައިވާއިރު، ޖޭއެސްސީއިން ވަނީ މިރޭ ހައިކޯޓުގެ އައު ފަނޑިޔާރުން ހުވާކުރަން ނިންމައިފައެވެ. އެ ރަސްމިއްޔާތު އޮތީ މިރޭ 20:30 ގައި ސުޕްރީމް ކޯޓުގައެވެ.

ޝަހީދަކީ މިދިޔަ ރިޔާސީ އިންތިހާބު އަދި އޭގެ ފަހުން އޮތް މަޖިލިސް އިންތިހާބުގައި ވެސް މިހާރު ވެރިކަން ކުރާ ޕީއެންސީއަށް ވަރުގަދައަށް ކެމްޕެއިން ކުރެއްވި ބޭފުޅެކެވެ. ހަމައެހެންމެ، ހޯމް މިނިސްޓްރީގެ ނައިބު ކަމުގެ މަގާމުގައި ހުންނަވައިގެން، ސަރުކާރު ދިފާއު ކުރުމުގައި އެކިއެކި ޕްލެޓްފޯމްތަކުގައި ވަރުގަދައަށް ވަކާލާތު ކުރެއްވި ސިޔާސީ ބޭފުޅެކެވެ.

ރައީސް މުއިއްޒުގެ އެންމެ ބޮޑެތި ވައުދުތަކުގެ ތެރޭގައި ޝަރުއީ ދާއިރާއަށް ނުފޫޒު ނުފޯރުވުން ހިމެނޭއިރު ސިޔާސީ ގޮތުން އިސްކޮށް ހަރަކާތްތެރިވެވަޑައިގެންފައިވާ ބޭފުޅަކު މިފަދަ އިސް ފަނޑިޔާރުކަމުގެ މަގާމަކަށް އައްޔަންކުރުމަކީ، ޝަރުއީ ދާއިރާގެ މިނިވަންކަމާ މެދު ސުވާލު އުފެދިދާނެ ކަމެއް ކަމަށް ގިނަ ބަޔަކު ދެކެއެވެ.

 ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން ޝަހީދު ހައިކޯޓުގެ ފަނޑިޔާރުކަމުގެ މަގާމަށް އައްޔަންކުރަން ނިންމީ، ހައިކޯޓުން ހުސްވެފައިވާ ދެ ފަނޑިޔާރުންގެ މަގާމަށް ކުރިމަތިލި 18 މީހުންގެ ތެރެއިންނެވެ. ޝަހީދާ އެކު ޖޭއެސްސީން ހައިކޯޓުގެ ފަނޑިޔާރުކަމަށް އައްޔަންކުރަން ނިންމި އަނެއް ބޭފުޅަކީ ސިވިލް ކޯޓުގެ ކުރީގެ ގާޒީ އަބްދުﷲ ޖަމީލް މޫސާއެވެ

މި މައްސަލަ ސިވިލް ކޯޓަށް ހުށަހެޅުއްވީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. މި މައްސަލަ ހުށަހެޅުއްވީ ހައިކޯޓުގެ ފަނޑިޔާރުކަމުގެ މަގާމަށް ކުރިމަތިލައްވައިފައިވާ، އަދި ޕްރޮސިކިއުޓާ ޖެނެރަލް އޮފީހުގެ ވަކީލު، އަހުމަދު ނައުޝާދެވެ.

ސިވިލް ކޯޓުން މި މައްސަލަ ބަލައިގަނެފައިވާއިރު، ޖޭއެސްސީއިން ވަނީ މިރޭ ހައިކޯޓުގެ އައު ފަނޑިޔާރުން ހުވާކުރުން ބާއްވަން ނިންމައިފައެވެ. އެ ރަސްމިއްޔާތު އޮތީ މިރޭ 20:30 ގައި ސުޕްރީމް ކޯޓުގައެވެ.