ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އޮޕަރޭޝަނަލް ވެހިކަލަކާއި ޓެކްސީއެއް ޖެހި އެއާޕޯޓުގެ ޓާމިނަލް 1 ކައިރިން އެކްސިޑެންޓެއް ހިނގައިފިއެވެ.
މިއަދު ހެނދުނު އެއާޕޯޓުގެ ޓާމިނަލް 1 ގެ ޔޫޓާން ނަގާ ކޮޅުގައި އެއާޕޯޓުގެ ފޯކްލިފްޓަކާއި ޓެކްސީއެއް ޖެހި އެކްސިޑެންޓްގެ ރިޕޯޓު ފުލަށް ލިބި ތަހުގީގު ކުރަމުންދާކަމަށް ފުލުހުން ވަނީ ބުނެފައެވެ.
އެކްސިޑެންޓާއި ބެހޭގޮތުން ޖުމްލަ ނޫހާއި ވާހަކަ ދައްކަމުން ހާދިސާގއި ރިޕޯޓު ފުލުހަށް ލިބިފައިވާ ކަމަށް ފުލުހުންގެ މީޑިއާއިން ވަނީ ބުނެފައެވެ. އަދި މިއެކްސިޑެންޓްގައި އެއްވެސް މީހަކަށް އަނިޔާ ނުވާކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.
ފުލުން ދަނީ އިތުރަށް މިމައްސަލަ ތަހުގީގުކުރަމުން ކަމުގައިވެސް ފުލުހުންގެ މީޑިއާއިން ބުނެފައިވެއެވެ.