ވީއައިއޭ އާ ޓާމިނަލްގެ މަސައްކަތް ނިންމައި ރަސްމީކޮށް ޓާމިނަލް ހުޅުވުން | ފޮޓޯ: ގޫގުލް

ކުލަގަދަ ހަފްލާައާއެކު ވީއައިއޭގެ އާ ޓާމިނަލް ހުޅުވައިފި

މުހައްމަދު ހަމީޒް
 
8 ދުވަސް ކުރިން

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ގައި މީގެ ނުވަ އަހަރު ކުރިން ބިނާކުރަން ފެށި އާ ޓާމިނަލްގެ މަސައްކަތް ނިންމައި ރަސްމީކޮށް ޓާމިނަލް ހުޅުވައިފިއެވެ.

ރޭ އެމްއޭސީއެލް އިން އިންތިޒާމުކޮށްގެން ބޭއްވި ކުލަގަދަ ހަފްލާގައި ޑްރޯން ޝޯ އާއި ހަވާ އެރުވުން ފަދަ ކުލަގަދަ ހަރަކާތްތައް ކުރިއަށް ގެންގޮސްފައިވެއެވެ. 

މި ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވައި އާ ޓާމިން ހުޅުވައިދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒުއެވެ. 


އާ ޓާމިނަލްގައި 47 ޗެކިން ކައުންޓަރު ހުންނާނެއެވެ. އަދި ސެލްފް ޗެކިން ހަ ކިއޯސްކް ވަނީ ގާއިމްކޮށްފައެވެ. އޭގެ އިތުރަށް ވެސް، ހިދުމަތް ދިނުމުގައި ކުރީގެ ޓާމިނަލަށް ވުރެ 30 ޕަސެންޓަށް ވުރެ އަވަސް ވާނެއެވެ. ޓާމިނަލުގައި 12 އޭރޯ ބްރިޖް ހުރެއެވެ.

މި ޓާމިނަލުން 7.5 މިލިއަން ދަތުރުވެރިންނަށް ހިދުމަތް ދެވޭއިރު 40 ޑިޕާޗާ ގޭޓާއި 38 އިމިގްރޭޝަން ކައުންޓަރު ހިމެނޭނެއެވެ. އަދި ފްލައިޓަށް އަރާފައިބަން އެއިރޯ ބްރިޖުތައް ގާއިމް ކުރާނެއެވެ.


އާ ޓާމިނަލާ އެކު އެމްއޭސީއެލްގެ އާމްދަނީ ފުރަތަމަ އަހަރު ވެސް 8-7 ޕަސެންޓަށް އިތުރުވެ، ޖެހިގެން އަންނަ އަހަރު 15 ޕަސެންޓަށް އިތުރުވާނެ ކަމަށް އެކުންފުނިން ލަފާކުރެ އެވެ. އެކަން ހާސިލުކުރަނީ، ޕީކް ވަގުތުގައި އިތުރު އެއާލައިންތަކަށް ފުރުސަތު ދެވި، ޑިއުޓީ ފްރީ ފުޅާކޮށްގެންނެވެ.

އެއާޕޯޓު ހުޅުވާފައި މިވަނީ 60 ވަނަ މިނިވަން ދުވަހުގެ އުފަލާ އެކުއެވެ.