ރަސްމިއްޔާތުގައި ކުރިއަށް ގެންދެވުނު ޑްރޯން ޝޯ - - ފޮޓޯ: ސަން

ޑްރޯންތައް ވެއްޓުނު މައްސަލައިގައި އެމްއޭސީއެލް އިން ޕޮލިހަށް

އާއިޝަތު އަނާ ރަޝީދު
 
3 ދުވަސް ކުރިން

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އައު ޕެސެންޖާ ޓާމިނަލް ހުޅުވުމަށްޓަކައި މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި ކުރިއަށް ގެންދިޔަ ޑްރޯން ޝޯގައި ކުއްލިއަކަށް ދިމާވި މައްސަލައަކާއި ގުޅިގެން ލިބުނު ގެއްލުން ތަހުގީގުކޮށްދިނުމަށް އެދި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް އިން ޕޮލިހަށް ހުށަހަޅައިފިއެވެ.

މައުލޫމާތު ލިބޭގޮތުގައި ޑްރޯންތަކަށް ދިމާވި މައްސަލައާއި ގުޅިގެން އެމްއޭސީއެލް އަށާއި ޑްރޯން އޮޕަރޭތްކުރި ފަރާތައް ބޮޑެތި ގެއްލުންތަކެއް ލިބިފައިވެއެވެ. މިކަން ފާހަގަކޮށް އެމްއޭސީއެލްއިން ޕޮލިހަށް ފޮނުވާފައިވާ ސިޓީސޯޝަލް މީޑިއާގައި ދައުރުވަމުންދާއިރު، މިތަހުގީގަށް އެމްއޭސީއެލްގެ ފުރިހަމަ އެއްބާރުލުން ލިބޭނެ ކަމުގައި މިސިޓީގައި ބަޔާންކޮށްފައިވާކަމަށް ނޫސްތަކުން ވަނީ ރިޕޯޓުކޮށްފައެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ސިޓީގައި ޑްރޯޏް ޝޯގައި ދިމާވި މައްސަލައަކީ އެންމެ ފަހު ފޯމޭޝަން ހެދުމުގެ ކުރިން ދިމާވި މައްސަލައެއްކަމަށާއި އެއީ އެހެން ފަރާތަކުން ޑްރޯންތަކުގެ ފްރިކުއެންސީއަށް އިންޓަފެއާ ކުރުމުގެ ސަބަބުން ދިމާވި މައްސަލައެއްކަމަށް ފާހަގަކޮށްފައިވެއެވެ.

އެމްއޭސީއެލްއިން މިމައްސަލަ ފުލުހުންނަށް ހުށަހަޅާފައިވީނަމަވެސް މިމައްސަލަ ތަހުގީގު ކުރަން ފަށާފައިވާކަމެއް އަދި ކަށަވަރުނުކުރެވެއެވެ.

ދިވެހިރާއްޖޭގެ 60 ވަނަ މިނިވަން ދުވަހުގެ މުނާސާބަތުގައި ޖުލައި 26 ވަނަ ދުވަހު އައު ޕެސެންޖާ ޓާމިނަލް ހުޅުވިގެން ދިޔައީ އެހާމެ ކުލަގަދަ ދުނިޔޭގެ ރިކޯޑެއް ހެދި ހަވާއެރުވުމުގެ ހަރާކަތަކާއިއެކު ކަންވެސް ފާހަގަކޮށްލަންޖެހެއެވެ.