އެޗްޑީސީގެ ފުޅަނދު - - ފޮޓޯ: އެޗްޑީސީ

ފުޅަންދުތައް ބަލައިލަން މިއަދު ސެންޓްރަލް ޕާކްއަށް!

އާއިޝަތު އަނާ ރަޝީދު
 
7 ގަޑިއިރު ކުރިން

ދިވެހިރާއްޖޭގެ 60 ވަނަ މިނިވަން ދުވަސް ފާހަގަކުރުމުގެ ގޮތުން ހައުސިންގ ޑެވެލޮޕްމެންޓް ކޯޕަރޭޝަން އިން ތައްޔާރުކުރި ފުޅަނދަށް ބޮޑު ތަރުހީބެއް ލިބުމާއި ގުޅިގެން މިއަދު ހަވީރުވެސް ސެންޓްރަލް ޕާކްގައި މި ފުޅަނދު ދައްކާލުމަށް ވަނީ ހަމަޖެހިފައެވެ. 

ފުޅަނދުތައް ދައްކާލުމުގެ މިހަރަކާތް ސެންޓްރަލް ޕާކްގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ވަގުތަކީ މިއަދު ހަވީރު 16:30 އިން 18:00 އަށް އަދި 20:00 އަށެވެ. 

އެޗްޑީސީން މިނިވަން ދުވަހާ ގުޅިގެން ފުޅަނދުތައް ތައްޔާރުކޮށްފައިވަނީ 'މައިންކްރާފްޓް' ތީމަށް، ހުޅުމާލޭގެ އެކި މަންޒަރުތައް ދައްކުވައިދޭ ގޮތަށެވެ. އެގޮތުން ހުޅުމާލޭގެ އެކިއެކި ލޭންޑްމާކްތައް ދައްކުވައިދޭ ގޮތަށް މި ފުޅަނދުތައް ތައްޔާރުކޮށްފައިވަނީ 100 އިންސައްތަ އެޗްޑީސީގެ މުވައްޒަފުންގެ ބުރަ މަސައްކަތުން ދެ ހަފްތާގެ ތެރޭގައެވެ.

އެޗްޑީސީގެ ފުޅަނދަށް ކުޑަކުދިންގެ ބޮޑު ތަރުހީބެއް ލިބިގެންގޮސްފައިވާ ކަމަށާއި އަދި މިފަދަ ބޮޑު މުނާސަބަތުތައް ފާހަގަކުރުމަށް ސަރުކާރަށް އަބަދުވެސް އެއްބާރުލުން ދޭނެކަމުގައި އެޗްޑީސީއިން ވަނީ ބުނެފައެވެ.