ހައުސިންގ ޑެވެލޮޕްމެންޓް ކޯޕަރޭޝަން. ފޮޓޯ: ސަން

އެޗްޑީސީގެ އެމްޑީ އަކަށް ޒުހައިރު، އާރުޑިސީގެ އެމްޑީއަކަށް ނަޒީމް!

އާއިޝަތު އަނާ ރަޝީދު
 
4 ދުވަސް ކުރިން

ހައުސިން ޑެވެލޮޕްމެންޓް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރަކަށް އާރުޑީސީގެ ކުރީގެ މެނޭޖިންޑިރެކްޓަރު އަލީ ޒުހައިރު އައްޔަންކޮށް، އާރުޑީސީގެ މެނޭޖިން ޑިރެކްޓަރަކަށް އިބްރާހިމް ނަޒީމް މިއަދު އައްޔަންކޮށްފިއެވެ.

ކުންފުނިތަކުގެ މަގާމުތަކަށް އައި ބަދަލުތައް ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން އިއުލާންކޮށްފައިވާއިރު އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރ ކަމުން މައުރޫފް ޖަމީލް ވަނީ މިއަދު ހެނދުނުގެ ވަގުތެއްގައި ޕީސީބީގެ އެންގުމަށް މަގާމުން އިސްތިއުފާދެއްވާފައެވެ.

 މައުރޫފް މަގާމުން އިސްތިއުފާ ދީފައިވަނީ މިމަހުގެ 18 ވަނަ ދުވަހު ރިޓަޔާ ކުރައްވާ ގޮތަށް ހަމަޖެހިފައިވަނިކޮށެވެ.

އާރުޑީސީގެ ކުރީގެ އެމްޑީއަކަށް ހުންނެވީ ސިފައިންގެ ބްރިގޭޑިއާ ޖެނެރަލްގެ މަގާމު ފުރައްވާފައި ރިޓަޔާކޮށްފައިވާ ޒުހައިރެވެ. 

މިއަދު އާރުޑީސީއަށް އައްޔަން ކުރެއްވި އިބްރާހިމް ނަޒީމް މިހާތަނަށް ހުންނެވީ ކޮންސްޓްރަކްޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރެއްގެ މަގާމުގައެވެ.