ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ކުރީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އަހުމަދު ގައިސްއަށް ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސައުދުﷲ ހިލްމީ އިންޒާރުދިން މައްސަލައެއް ފުލުހަށް އިއްޔެ ހުށަހަޅައިފި އެވެ.
ގައިސް އަށް މެންބަރު ސައުދުﷲ ހިލްމީ އިންޒާރުދީފައިވަނީ މީސް މީޑައާގައި ކުރި ޕޯސްޓެއްގައެވެ.
"މި އަހުމަދު ގައިސްއަކީ ކޮންކޮން/ކިހާވަރެއްގެ ޖަރީމާތަކެއް ހިންގި މީހެއްކަން އިނގެނީ ކިތައް މީހުންނަށް؟ ރަނގަޅަށް ތަހުގީގެއް ހިންގާ އިސްލާމީ ޝަރީއަތެއް ހިންގައިފިއްޔާ ހަތަރެސްފަޔާއެކު ބޯވެސް ބުރިކުރަން ޖެހޭނެ ކަންނޭނގޭ،" ސައުދުﷲ ކުރެއްވި ޕޯސްޓުގައި އޭނާ ލިޔުއްވާފައިވެއެވެ.