ދިވެހިރާއްޖޭގެ އިސްލާމިކް މިނިސްޓަރ، ޑރ. މުހައްމަދު ޝަހީމް އަލީ. ފޮޓޯ: އަވަސް

ކުޅަދާނަކަން ލިބިގެންވާ މިންވަރުން ޣައްޒާއަށް އެހީ ފޯރުކޮށްދީ: މިނިސްޓަރ ޝަހީމް

އާއިޝަތު އަނާ ރަޝީދު
 
10 ދުވަސް ކުރިން

ޢައްޒާގެ ރައްޔިތުން ބަނޑަށްމަރުވަމުންދާތަން ބަލައިގެން ނުތިބުމަށާއި ކުޅާދަނަ ވެގެންވާ މިންވަރަކުން އެހީ ފޯރުކޮށްދިނުމަށް ދިވެރިރާއްޖޭގެ އިސްލާމިކް މިނިސްޓަރ، ޑރ. މުހައްމަދު ޝަހީމް އަލީ ވިދާޅުވެއްޖެއެވެ.

 ފޭސްބުކްގައި އާއްމުކުރެއްވި ސްޓޭޓަސް އެއްގައި އެމަނިކްފާނުވަނީ ޢައްޒާގެ ރައްޔިތުން ތަހައްމަލުކުރަމުންދާ ވޭނާއި މެދު ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އެގޮތުން ކޮންމެ މީހަކަށްވެސް ކުޅާދާނަ ވެގެންވާ މިންވަރުން އެހީ ފޯރުކޮށްދިނުމަކީ އިންސާނީ ވާޖިބެއްކަމަށާއި ޢައްޒާގެ ރައްޔިތުން އެވޭން ތަހައްމަލު ކުރަމުންދާތަން ބަލަން ތިބެގެންނުވާނެ ކަމަށްވެސް މިނިސްޓަރ ވިދާޅުވެފައިވެއެވެ.

މީގެ އިތުރުން އެމަނިކުފާނު ވަނީ ޢައްޒާއަށް އިންސާނީ އެހީ ފޯރުކޮށްދިނުމަށޤ މަސައްކަތްކުރަމުންދާ ޖަމާއަތްތަކާއި ރެޑް ކްރެސެންޓް ޖަމާއަތްތައް މެދުވެރިކޮށް ކާބޯތަކެތީގެ އެހީތެރިކަން ފޯރުކޮށްދިނުމަށް ހިތްވަރު ދެއްވާފައެވެ.

މިނިސްޓަރ ޝަހީމް ވަނީ އެންމެ ފުރާނައަކަށް ދިރުން ހޯދައި ދިނުމަކީ މުޅި އިންސާނިއްޔަތަށް ދިނުން ފަދަ ކަމެއްގެ ގޮތުގައި ސިފަކުރައްވާފައެވެ.