އިސްލާމިކް މިނިސްޓަރު ޝަހީމް --

މި އަހަރު ނިމުމުގެ ކުރިން ތިން ރަށެއްގައި އިސްލާމިކް ލައިބްރަރީ ގާއިމްކުރާނަން: ޝަހީމް

ނާއިފް ހަލީމް
 
28 ދުވަސް ކުރިން

މި އަހަރު ނިމުމުގެ ކުރިން ތިން ރަށެއްގައި އިސްލާމިކް ލައިބްރަރީ ގާއިމްކުރާނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު މިއަދު ވިދާޅުވެއްޖެއެވެ.

ރޭ ވަނީ ކިންގް ސަލްމާން މިސްކިތުގައި ފުރަތަމަ އިސްލާމިކް ލައިބްރަރީ ހުޅުވައިފައެވެ. 

އެއާއެކު، މިނިސްޓަރު ވިދާޅުވީ މި އަހަރު ނިމުމުގެ ކުރިން  ރ. އުނގުރާފު، ހއ. ދިއްދޫ، ގދ. ތިނަދޫގައި ހުރި އިސްލާމިކް ސެންޓަރުތަކުގައި އިސްލާމީ ލައިބްރަރީ ޤާއިމު ކުރާނެ ކަމަށެވެ. 

އަދި މާލެ އިސްލާމިކް ލައިބްރަރީގައި ކިޑްސް ކޯނަރަކާއި އިސްލާމިކް ބޭންކިންއާއި އިސްލާމިކް ފައިނޭންސަށް ޚާއްޞަ ކޯނަރެއް ޤާއިމު ކުރާނެ ކަމަށް ވިދާޅުވިއެވެ.

އިސްލާމިކް މިނިސްޓްރީން އަންނަނީ ދީނީ އެކިއެކި ކަންކަން ކުރިއެރުުމަށް ވަރަށް ހަލުވި ދުވެލީގައި ގިނަ ކަންތައްތަކެއް ކުރަމުންނެވެ.