ހައްޖު ކޯޕަރޭޝަނުން ކ. މާފުށީގައި އަޅަން މަސައްކަތް ކުރާ ޓުއަރިސްޓު ހޮޓާ އަޅައިދޭނެ ބަޔަކު ހޯދަން މިއަދު އިއުލާނެއް ކޮށްފި އެވެ.
އެ ހޮޓާ އަޅަނީ ހައްޖު ކޯޕަރޭޝަނާއި މާފުށީ ކައުންސިލާ ގުޅިގެން އުފެއްދި މާފުށި އިސްލާމިކް ޓުއަރިޒަމް ޕްރައިވެޓް ލިމިޓެޑުގެ ދަށުންނެވެ. އެ ކުންފުނީގެ ހިއްސާދާރުންނަކީ ހައްޖު ކޯޯޕަރޭޝަނާއި މާފުށި ކައުންސިލުގެ ކުންފުނި، މާފުށި އެލްއޭސީ އެލްޓީޑީ އެވެ.
ހައްޖު ކޯޕަރޭޝަނުން މިއަދު ގެޒެޓު ކުރި އިއުލާނެއްގައި ބުނެފައި ވަނީ ހޮޓާ އަޅަންޖެހޭނީ ކޮންޓްރެކްޓަރު ފައިނޭންސް ކުރާ އުސޫލުން ކަމަށެވެ. އަދި އިމާރާތެއްގެ އިތުރުން ސާވިސް އިމާރާތެއް ތަރައްގީ ކުރަންވާނެ ކަމަށް މި އިއުލާނުގައި ހިމަނާފައިވެއެވެ.