ދެ މިލިއަނެއްހާ ރުފިޔާ ޚަރަދުކޮށްގެން މިދިޔަ އަހަރު އިސްލާމީ މަރުކަޒުގެ ފުރާޅުގައި އާ ޓިނު ޖެހިފަހުން، މިއަދު ކުރި ވިއްސާރައިގައި އަނެއްކާ ވެސް ސީލިންގުން ފެން ފައިބަން ފަށައިފިއެވެ.
ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނަ ވީޑިއޯއަކުން ފެންނަނީ، އިސްލާމީ މަރުކަޒުގެ މިސްކިތުގެ މަތީބައިގެ، ހަރަމްގެ ބޭރުން، ފެން ފައިބާތީ ބަންދުކޮށް، ޓައްޕުތަކެއް ބަހައްޓައިފައި ހުންނަ ތަނެވެ.
މިނިސްޓަރު ވިދާޅުވީ ޚާއްސަ ސަމާލުކަމެއް ދީގެން މައްސަލަ ހައްލުކުރައްވާނެ ކަމަށެވެ.
މިދިޔަ އަހަރު، ބޮޑު ޚަރަދެއްް ކުރުމަށް ފަހު އިސްލާމީ މަރުކަޒުގެ ޓިނު އާކުރީ، މިސްކިތް ތެރެއަށް ސީލިންގުން ފެން ފައިބަން ފެށުމުންނެވެ. ސީއެސްއާރުގެ ދަށުން އެސްޓީއޯ މެދުވެރިކޮށް ޓިނު ލިބި މިސްކިތުގެ ފުރާޅުގައި ޓިނު ޖެހުމުގެ މަސައްކަތް ކުރީ އެމްޓީސީސީއިންނެވެ.
ތިންވަނަ ދައުރެއްގައި އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރުކަން ކުރައްވަމުން ގެންދަވާ ޝަހީމް ގެންދަވަނީ މިސްކިތްތަކުގެ މަރާމާތާއި އާބާތުރަ ފިލުވުމަށް ބޮޑު އިސްކަމެއް ދެއްވަމުންނެވެ.