ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑްގެ މޭނޭޖިން ޑިރެކްޓަރުގެ މަގާމުން އަހުމަދު މުބީން އިސްތިއުފާ ދެއްވައިފިއެވެ.
މުބީން މަގާމުން އިސްތިއުފާ ދެއްވާފައިވާކަން ކަށަވަރުވަނީ އާރު.އޭ.ސީ.އެލް ގެ ސޯޝަލް މީޑއާގައި މުބީންއަށް ޝުކުރުއަދާކޮށް އާއްމުކޮށްފައިވާ ޕޯސްޓަކުންނެވެ.
މި ޕޯސްޓްގައި އެމްޑީގެ މަގާމުގައި ހުރެ ކުންފުންޏަށް ކޮށްދިން މަސައްކަތުގެ އަގު ވަޒަންކޮށް މުސްތަގުބަލުގައި ދެމެހެއްޓެނިވި ކާމިޔާބީއަށް އެކުންފުނިން ވަނީ އެދިފައެވެ.
އާރު.އޭ.ސީ.އެލް ގެ އެމްޑީގެ މަގާމުން މުބީން އިސްތިއުފާ ދިނުން
ކުންފުނީގެ އެންމެ މަތީ މަގާމުން މުބީން އިސްތިއުފާ ދީފައިވާއިރު، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އާއި ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް އެއްކޮށްލުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.
ސަރުކާރުން ހާމަކޮށްފައިވާ ގޮތުގައި ޚަރަދު ކުޑަކުރުމުގެ ސިޔާސަތުގެ ދަށުން، މި ދެކުންފުނި އެއްކޮށްލުމުގެ މަސައްކަތް ވަރަށް އަވަހަށް ނިމޭނެއެވެ.