މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް)ގެ ޖުމްލަ ދަރަނި ހުރީ 13 ބިލިއަނުގައި ކަމަށް އޮޑިޓް އޮފީހުން އާއްމު ކުރި މިދިޔަ އަހަރުގެ ރިޕޯޓުން ދައްކައިފިއެވެ.
އެމްއޭސީއެލްގެ ދަރަނީގެ ތެރޭގައި ބޭންކް އޮފް މޯލްޑިވްސް އަށް ދައްކަން ޖެހޭ 1.6 ބިލިއަން ރުފިޔާގެ ތެރެއިން ކޯޕަރޭޓް ބޭނުމަށް ކަމަށް ބުނެ 2023 ގައި ނަގާފައިވާ 50 މިލިއަން ޑޮލަރުގެ ލޯނެއް ހިމެނެއެވެ. އެއީ 8.5 ޕަސެންޓްގެ އިންޓްރެސްޓް ގައި ފަސް އަހަރުން ދައްކާ ގޮތަށް ނަގާފައިވާ ލޯނެކެވެ.
މީގެ އިތުރުން ކޯޕަރޭޓް ބޭނުމަށް 2024 ވަނަ އަހަރު 8.5 ޕަސެންޓް އިންޓރެސްޓްގައި ފަސް އަހަރުން ދައްކާގޮތަށް 30 މިލިއަން ޑޮލަރުގެ ލޯނެއް ވަނީނަގާފައެވެ. މިލޯނުގެ 40 މިލިއަން އޮތީ ނުދައްކައެވެ.
މީގެ އިތުރުން،އެމްއޭސީއެލް އިން ވަނީ މިދިޔަ އަހަރުގެ ޖޫން މަހު ކޯޕަރޭޓް ބޭނުމަށް 8.5 ޕަސެންޓް އިންޓްރެސްޓް ރޭޓް ގައި 30 މިލިއަން ޑޮލަރުގެ ލޯނެއް ފަސް އަހަރުން ދައްކާގޮތަށް ބޭންކް އޮފް މޯލްޑިވްސް އިން ނަގާފައެވެ. މީގެ ތެރެއިން 26.5 މިލިއަން ޑޮލަރު އޮތީ ނުދައްކާ ކަމަށް އޮޑިޓް ރިޕޯޓްގައި ވެއެވެ.
މިދިޔަ އަހަރުގެ އާމްދަނީގެ ތެރެއިން 4.7 ބިލިއަން ރުފިޔާ ޚަރަދަށް ކެނޑުމަށްފަހު، ފައިދާގެ ގޮތުގައި އެ ކުންފުންނަށް ހަތަރު ބިލިއަން ރުފިޔާ ލިބުނެވެ. އޭގެ ތެރެއިން ހިންގުމުގެ ޚަރަދާއި ޓެކުހަށް ކެނޑުމަށްފަހު ސާފު ފައިދާގެ ގޮތުގައި ޖެހުނީ 1.1 ބިލިއަން ރުފިޔާއެވެ.