މާފަންނު ސަހަރާ

ބައެއް ސަހަރާތައް ސާފުކުރިފަހުން އެއީ ނުކުރެވޭނެ ކަމެއްކަމަށް ބުނެ ފަތުވާ ނެރެފި

ނާއިފް ހަލީމް
 
1 މަސް ކުރިން

ރާއްޖޭގެ އިސްލާމީ ފަތުވާ ދޭ އެންމެ މަތީ މަޖިލީހުން މީގެ 8 އަހަރު ކުރިން ނެރުނު ފަތުވާ ބަދަލުކޮށް، ގަބުރުސްތާނުތައް ނަގައި އެ ތަންތަނުގައި ކުޅިވަރުކުޅޭ ތަންތަނާއި ޕާކުތައް ހެދުން ހުއްދައެއް ނުވާނެ ކަމަށް ފަތުވާ ނެރެފިއެވެ.

ފަތުވާ މަޖިލީހުން މިދިޔަ މަހުގެ 24 ވަނަ ދުވަހު ފާސްކުރި "މުސްލިމުންގެ ގަބުރުސްތާނުތައް އުވާލުމުގެ ހުކުމް" މިއަދު ވަނީ އެ މަޖިލީހުގެ ވެބްސައިޓުގައި އާންމުކޮށްފައެވެ.

ގުރުއާނުގެ ބައެއް އާޔަތްތަކާ ހަވާލާދީ އެ ފަތުވާގައި ބުނެފައި ވަނީ، އިސްލާމްދީނުގައި އާދަމްގެފާނުގެ ދަރީން، މާތްﷲ އުފެއްދެވި ގިނަ މަހުލޫގުތަކުންގެ މައްޗަށް މާތްކުރައްވައި މަތިވެރިކުރައްވާފައިވާ ކަމަށެވެ. އެ މަތިވެރިކަމަކީ މުސްލިމު އަޚާ ދިރިހުރުމާ ގުޅިފައިވާ ކަމެއް ނޫން ކަމަށާއި އަދި މަރުވުމަށް ފަހު ވެސް އެ އިހުތިރާމު ދެމިއޮންނަކަން ރަސޫލާ (ސއވ)ގެ ހަދީސްތަކުން އެނގޭ ކަމަށެވެ.

ގަބުރުސްތާނު ކޮނެގެން ކަށިތައް ނަގައި، އެހެން ތަނަކަށް ބަދަލުކުރުމަކީ ވަޅުލެވިފައިވާ މީސްތަކުންގެ ހުރުމަތް ކެނޑޭ ކަމެއްކަން އެކި ހަދީސްތަކުން ދޭހަވާ ކަމަށް ފަތުވާގައި ބުންޏެވެ.