ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު، މުހައްމަދު ޝަރީފާއި ޑެޕިއުޓީ އެމްޑީ ސަހަރު ވަހީދު، އެޗްޑީސީގެ އައު އެމްޑީ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.
ބީއެމްއެލްގެ އިސްވެރިން މި ޒިޔާރަތް ކުރައްވާފައި ވަނީ މިއަދުގެ ވަގުތެއްގައެވެ. އަދި އެޗްޑީސީގެ އައު އެމްޑީއާއި ޑީއެމްޑީއަށް މަރުހަބާ ވިދާޅުވެ ދެކުންފުނީގެ ގުޅުން އިތުރަށް ބަދަހި ކުރުމަށް ކުރެވިދާނެ މަސައްކަތްތައް މަޝްވަރާކުރެވުނެވެ.
https://web.facebook.com/share/p/1Ax9zkgMr8/
ހައުސިންގ ޑެވެލޮޕްމެންޓް ކޯޕަރޭޝަންގެ އެމްޑީގެ މަގާމަށް އަލީ ޒުހައިރު އައްޔަންކޮށްފައިވަނީ ނިމިދިޔަ މަހުއެވެ. އަދި މިކުންފުނީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ ގެ މަގާމަށް މުހައްމަދު އަސްބާހު އަލީ ނަސީރުވެސް އައްޔަންކޮށްފައިވަނީ ދާދިފަހުންނެވެ.
ފާހަގަކޮށްލެވޭ ގޮތުގައި މިދެބޭފުޅުންވެސް މަގާމަށް އައްޔަންކުރެވިފައިވާއިރު، އަލީ ޒުހައިރު އަދި އަސްބާހުގެ ލީޑާޝިޕްގެ ދަށުން ކާމިޔާބީއާއި ކުރިއެރުން ތަކެއް ކުންފުނިއަށް ލިބޭނެ ކަމަށް ގަބޫލުކުރެވެއެވެ.