ފްލެޓް ލިބޭ މީހުންގެ ތެރެއިން 1000އަށްވުރެ ގިނަ މީހުން އެފްޑީސީގެ އެއްބަސްވުމުގައި ސޮއިކޮށްފި

ނާއިފް ހަލީމް
 
6 ދުވަސް ކުރިން

ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓް ލިބޭ މީހުންގެ ތެރެއިން 1000މީހުން ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އާއެކު އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

އެފްޑީސީން މިއަދު ހާމަކުރި ގޮތުގައި، އެއްބަސްވުމުގައި 1000އަށްވުރެ ގިނަމީހުންނާއެކު ފްލެޓް ލިބުނުކަމުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވާ ކަމަށް ވެއެވެ.

ފްލެޓް ލިބޭ ފަރާތްތައް ކަނޑައަޅަނީ ހައުސިންގ މިނިސްޓްރީން ކަމަށްވާއިރު، މިހާތަނަށް 2،665 މީހުންގެ ލިސްޓެއް އެ މިނިސްޓްރީން އެފްޑީސީއަށް ފޮނުވާފައިވާ ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.

މި 4،000 ފްލެޓުގެ މަޝްރޫޢަކީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަމުގައި ފެށި މަޝްރޫޢެކެވެ. މި މަޝްރޫޢުގެ ކޮންޓްރެކްޓަރުންނަކީ އިންޑިއާގެ ދެ ކުންފުންޏެއް ކަމަށްވާ ޖޭއެމްސީ ޕްރޮޖެކްޓްސް ލިމިޓެޑާއި ނެޝަނަލް ބިލްޑިންގްސް ކޮންސްޓްރަކްޝަން ކޮމްޕެނީ (އެންބީސީސީ) އެވެ.